ބީއެމްއެލްގެ ކްރެޑިޓް ކާޑް ހައްދަން އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތްދޭ ބީއެމްއެލް އިން ފެށި މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަގާނެ އެވެ. މީގެ އިތުރުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 200 ކާޑަށް ކޭޝްބެކް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
މިގޮތުން ކޮންމެ ކާޑަކަށް ކޭޝްބެކްގެ ގޮތުގައި 2،500 ރުފިޔާ ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.
މީގެ އިތުރުން މި ޕްރޮމޯޝަނުގެ މުއްދަތުގައި ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 2،000 ކާޑަށް ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. މިގޮތުން ކޮންމެ ކާޑަކަށް 3،000 ރިވޯޑްސް ޕޮއިންޓް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި، ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގްބޫލް ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން 30 ގެ ނިޔަލަށެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާ އެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތްތައް ބަލައިގަންނަ ބޭންކެވެ. އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެ އެވެ.
ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/apply-and-win