ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވަރްޔާ ރާއި ދެވަނަ ދަރިފުޅަށް ބަނޑުބޮޑު ކަމަށް ހަބަރު ފެތުރިއްޖެ އެވެ
ފްރާންސްގައި ބޭއްވި ކެނެސް ފިލްމް ފެސްޓިވަލްއަށް ފަހު އައިޝްވަރްޔާ އާއި އަބީޝޭކް ބައްޗަން އަދި އެ ދެމީހުންގެ ދަރިފުޅު އަރާދިޔާ ބައްޗަންއާ އެކު އިންޑިއާގެ މުމްބައި އެއާޕޯޓުން ވަނީ ފޭނުންނަށް ފެނިފަ އެވެ.
ހަމައެހެންމެ އައިޝްވަރްޔާ ފެނުމާއެކު ގިނަ ބަޔަކު ވަނީ އޭނާ ބަނޑުބޮޑު ކަމަށް ލަފާކޮށްފަ އެވެ. އަދި އެވަގުތު ހެދުމުން އައިޝްވަރްޔާ އޭނާގެ ބަނޑު ފޮރުވުމަށް މަސައްކަތް ކުރިކަމަށް ވެސް އާންމުން ބުނެފައިވެ އެވެ.
އައިޝްވަރްޔާ ބަނޑުބޮޑު ކަމަށް ބުނާ ފޮޓޯތައް ވެސް ސޯޝަލް މީޑީއާގައި އާންމުންދިޔަ ނަމަވެސް އެވާހަކަތަކަށް މިހާތަނަށް އައިޝްވަރްޔާގެ އެއްވެސް ރައްދެއް ލިބިފައެއް ނުވެ އެވެ.
ކެނެސް ފެސްޓިވަލްގައި އައިޝްވަރްޔާ އޭނާގެ އާއިލާއާ އެކު ގޮސްފައިވާއިރު، ގިނަ ބަޔަކު ވަނީ ފެސްޓިވަލްގައި އައިޝްވަރްޔާ ލާފައިވާ ހެދުމަށް ތައުރީފުކޮށްފަ އެވެ. އަދި އައިޝްވަރްޔާގެ އިތުރުން އިންޑިއާގެ ގިނަ ތަރިންވެސް ފެސްޓިވަލަށް ގޮސްފައިވެ އެވެ.
ދިރާގުން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފި
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!
