ރޯދަ މަހަށް މެދުކަނޑާލުމަށްފަހު އަނެއްކާވެސް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފި އެވެ.
އެގޮތުން ހޯމަ ދުވަހު މޭޔަރު ޒިޔާރަތް ކުރެއްވީ މައްޗަންގޯޅި މެދު ދާއިރާގެ ރައްޔިތުންގެ އަރިހަށެވެ. މި ޒިޔާރަތުގައި ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވެސް ވަނީ ބައިވެރިވެވަޑައިގަންފަ އެވެ.
ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމަކީ ކައުންސިލް އިންތިހާބުގައި މޭޔަރު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.
މޭޔަރުކަމުގެ ހުވާ ކުރެއްވިފަހުން މޭޔަރު އަންނަނީ ވައުދާއި އެއްގޮތަށް ގޭގެއަށް ޒިޔާރަތް ކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަށް ކައިރިން އަޑުއައްސަވަމުންނެވެ.
ރައްޔިތުންގެ ގާތަށް ކުރައްވާ ޒިޔާރަތުގައި ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މޭޔަރާއި ކައުންސިލަރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ރައްޔިތުންގެ ގާތަށް މޭޔަރާއި ކައުންސިލަރުން ކުރައްވާ ޒިޔާރަތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މާލެ ސިޓީގެ 18 ދާއިރާގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާ އެކަންކަން ވީ އެންމެ އަވަހަށް ހައްލުކޮށްދެއްވުމަށް ކައުންސިލް ފެންވަރުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ރައްޔިތުންނަށް ދެއްވާފަ އެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
ދަރިފުޅު ސްކޫލަށް ނުދާން ބޮޑާ ހާކަނީތަ؟
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް
