ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ދަންނަވަން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން މިއަދު ފާސްކޮށްފި އެވެ.
މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ 10 މެމްބަރުން ސޮއިކޮށް އެމްޑީޕީ ޕީޖީ ގުރޫޕަށް ހުށަހެޅީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.
މިއަދު އެމްޑީޕީ ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތް ކަމުގެ ވާހަކަ ރައީސް ސޯލިހު އަރިހުގައި ދަންނަވަން އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ވޯޓު ދެއްވި އެވެ.
އެ މައްސަލައާ ބެހޭ ގޮތުން މިނިސްޓަރު މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ތިމަންނާމެންގެ ވެރިކަމެއްގައި ގާނޫނު އަސާސީގެ މާއްދާ 27އަށް އިތުބާރު ނެތްކަމަށް ތިޔަ ފާސްކުރީ،" ކަމަށެވެ. އަދި ވިދާޅުވީ ތިޔައީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް ކަމަށެވެ.
"އަމިއްލަ ސަންދޯކަށް ތިޔަ ޖެއްސެވީ މޮހޮރު،" މަލީހު ވިދާޅުވި އެވެ.
މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމިއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަކިކުރަން އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޖިލީހަށް ވެއްދި މައްސަލައާ މެދު ނިންމީ ތާއީދު ނުކުރުމަށެވެ.
މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ 11 މެމްބަރުންގެ ސޮޔާއެކު އިދިކޮޅުގެ ފަރާތުން ހުށެޅީ މިދިޔަ މަހު 26ގަ އެވެ.
އެކަމާ މެދު ގޮތެއް ނިންމުމަށް މިއަދު އެމްޑީޕީ ޕީޖީގައި ނެގި ވޯޓުން ފާސްވީ، އޭނާ ވަކިކުރަން ނުފެންނަ ކަމަށެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގުރޫޕަށް ހުށަހެޅީ ޓެލެކޮމިޔުނޭޝަން ގާނޫނުގައި ބުނާ ކޮމިޔުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭއެއްވެސް ގަވައިދެއް، މަގާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށް ބުނެ އެވެ.
އެ ގަވައިދުތަައް ހެދުމަށް މިނިސްޓަރާއި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކާއި މުވައްޒަފުން ކުރި މަސައްކަތަށް ސީދާ މިނިސްޓަރު ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށް އެމައްސަލާގައި ބުނެފައިވެ އެވެ.
ޓެލެކޮމިޔުނިކޭޝަންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ނުހަދާ ލަސްވުމަކީ އެކަމުގެ ގެއްލުން ދައުލަތަށާއި ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށާއި އެއީ ރާއްޖޭގެ ޓެލޮކޮމް ސިނާއަތް ރެގިޔުލޭޓުކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކެއް ކަމަށްވެސް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފައިވެ އެވެ.
މަލީހު މިނިސްޓަރު ކަމަށް އައްޔަނުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ ވާހަކަ ރައީސަށް އަރިހުގައި ދަންނަވަން ނިންމާފައިވާއިރު ސަރުކާރު ހިންގަން ވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެ ކަމަށް ވިދާޅުވެ ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ދެއްކެވި ވާހަކައަކާ ގުޅިގެން، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ މަލީހާ ދެކޮޅަށް ތެދުވެފަ އެވެ.
މަލީހު ޖަމާލު އަކީއިތުބާރު ގެއްލޭނެ ބޭފުޅެއްނޫން އަދި އެމްޑީޕީގެ މަދު މެންބަރުން ކޮޅެއް ރުއްސަން ބުއްފުޅި ޖަހާނުދެވުނީތީ މީޑިއާގަ ސަމާލުކަން ހޯދުން ކަމަކީ