އައިޝްވަރްޔާ ރާއީއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ނަން މަޝްހޫރު ތަރިއެކެވެ. އަދި އޭނާއަކީ ގިނަ ބަޔަކު ރޯލް މޮޑެލް އެއްގެ ގޮތުގައި ދެކޭ ތަރިއެއްކަމީ ވެސް ޝައްކެތް ނެތް ކަމެކެވެ.

އޭނާގެ ރީތިކަމަށާއި، ފެޝަން ސްޓައިލަށް ގިނަ ބައެއްގެ ތައުރީފު ލިބުނު ނަމަވެސް އިވެންޓެއްގައި ދާދި ފަހުން އައިޝްވަރްޔާ ލީ ހެދުން އާންމުންނަށް ރީޗެއް ނުވި އެވެ. އަދި އެ ހެދުން ލައިގެން އައިޝްވަރްޔާ ހުރި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު ދަނީ އޭނާ ލައިގެން ހުރި އެ ހެދުމަށް ފާޑުކިޔަމުންނެވެ.

އިވެންޓުގައި އައިޝްވަރްޔާ ލައިގެން ހުރީ ހުދު ކުލައިގެ ހެދުމެކެވެ. އަދި އެހެދުމުގައި ރަތް ކުލައިގެ ބޮޑެތި މާތަކެއް ޖަހާފައިވާއިރު، އެތެރެއިން ކަޅު ކުލައިގެ ހެދުމެއް ވެސް ފެނިގެންދެ އެވެ.

ފާއިތުވި ހަފްތާގައި އިންޑިއާގެ ނޫސްތަކުގައި އައިޝްވަރްޔާގެ ވާހަތައް ދެކެވިފައިވާއިރު، މިފަހުން އައިޝްވަރްޔާއާ ގުޅިގެން ދެކެވޭ ވާހަކަތަކަކީ އޭނާ ދެވަނަ ދަރިއަކަށް ބަނޑުބޮޑު ވާހަކަތަކެވެ. ސޯޝަލް މީޑިއާގައި ދެކެވޭ އެ ވާހަކަތަކަކީ ހަގީގަތެއް ކަމެއް ނުވަތަ ދޮގު ވާހަކަތަކެއް ކަމެއް އައިޝްވަރްޔާ ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.