ވެލާނާ އިންޓަނޭޝެނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު އަތުން އަތުނުލިނަމަ މިހާރު އޮންނާނީ އެއާޕޯޓް ތަރައްގީކޮށް ނިމިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ހުރިހާ" އިން އެއާޕޯޓް ތަރައްގީގެ މަޝްރޫއު މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ އިންޑިއާގެ ޖީއެމްއާރާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ވަރަށް މުހިއްމު އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
އަދި ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލުމުން ރާއްޖޭގެ ފަތުރުވެރިކަން ދަށްވެގެންދިޔަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވީ އެެއްބަސްވުން ދެމެހެއްޓިނަމަ 2015 ވަނަ އަހަރުންފެށިގެން އަހަރަކު ހަތް މިލިއަން ފަތުރުވެރިންނަށް އާދެވޭވަރުގެ ޓާމިނަލްއެއް އޮންނާނެ ކަމަށެވެ.
"އެކަން ހުއްޓާލި ހުއްޓާލުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކޮށްފާނެ 2015 ވަނަ އަހަރު އެހެން ނޫންނަމަ އެތާ އޮންނާނީ ހަތް މިލިއަން ޓުއަރިސްޓުންނަށް އަހަރަކު އާދެވޭވަރުގެ އެއާޕޯޓެއް ތަރައްގީކުރެވިފަ،" ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން ދިފާއުކުރައްވާ ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން އެއާޕޯޓް ތަރައްގީ ކުރުމަށް ހަދާފައިވާ އެއްބަސްވުންތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފަ އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އާ ޓާމިނަލް ޑިޒައިން ކޮށްފައިވަނީ އެންމެ ރަގަޅަށް ނޫން ކަމަށެވެ.
"ސައުދީ ބިންލާދިން ގްރޫޕަށް އޮތީ މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުން. އެގްރިމެންޓެއް އޮތް ސޮއިކުރެވިފަ 357 މިލިއަން ޑޮލަރުގެ. އެކަމަކު އެއަދަދަކީ ޓާމިނަލް އަޅަން ބޭނުންވާ އަދަދަށްވުރެ މަދު އަދަދަކަށްވާތީ އަލުން ވާހަކަ ދައްކައިގެން ސައުދީ ފަންޑުން އިތުރު 104 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓުގެ މަޝްރޫއުގެ ތެރެއިން އިތުރު ރަންވޭއެއް އެޅުމާއި ޓާމިނަލް ބޮޑުކުރުމާއި، ސީޕްލޭން ޓާމިނަލް ބޮޑުކުރުން ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން މިހާރު ކުރިއަށްގޮސް ނިމުމަކާހަމައަށް ރަންވޭގެ މަސައްކަތް ގޮސްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑަށް ހީވަނީ ރައިޔަތުން ވާނުވާ ނޭގިގެން ގޮސް އެންޑީޕީ އަށް ވެރިކަން ނުދިން ނަމަ މިހާރު ތިޔަ އެޔާޕޯޓާއި މަގުމަތީގައި ސަލާމް ޖަހަމުން ވަންނާނެ ތަނެށް ނެތި ތިބިމާލޭގެ ރަތްޔަތުންނަށް ބޯހިޔާވަހިކަން ވެސް ހުއްނާނީލިބިފަހެން އަދި އިތުރުއެތަށް ތަރައްގީއެށް ވެސްއޮއް ނާނީވެފާ