ސައުތުގެ މަޝްހޫރު އެކްޓްރެސް ނަޔަންތަރާ އާއި ފިލްމު އުފެއްދުންތެރިޔާ ވިގްނޭޝް ޝިވާން އާއި ކައިވެނިކޮށްފި އެވެ.

މިދެމީހުންގެ ކައިވެނި އޮތީ އާއިލާ މީހުންނާއި ރައްޓެހިންނާއެކު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިއްޔެ ވަގުތެއްގަ އެވެ.

ނަޔަންތަރާ-ވިގްނޭޝް ޝިވާން ކައިވެނީގެ ފޮޓޯތައް މިހާރު ސޯސަލް މީޑިއާގައި ދައުރުވަމުންނެވެ. އަދި މިކައިވެނީގެ ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސާހްރުކް ހާންވެސް ވަނީ ބައިވެރިވެފަ އެވެ.

https://www.instagram.com/p/CelOevbBmZv/

ނަޔަންތަރާ އާއީ ވިގްނޭޝް ބައްދަލުވީ 2015 ވަނަ އަހަރު "ނާނަމް ރައުޑި ދާމް"ގެ ސެޓުންނެވެ. ދެމީހުން ބައްދަލުވުމުގެ ކުރިން ސައުތުގެ ނަންމަޝްހުރު ބައެއް ތަރިންނާއި ނަޔަންތަރާގެ ނަން ގުޅުނެވެ. އޭގެ ތެރޭގައި ޕްރަބޫ ދޭވާ ވެސް ހިމެނެ އެވެ.

https://www.instagram.com/p/CelLSlhhfTW/

ފިލްމަށް ފަހު ދެމީހުންގެ ގުޅުން ބަދަހިވެ ބޭރުތެރެއިން ފެންނަށް ފެށިއެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި 2021 ގައި އެމީހުން އެންގޭޖްމެންޓް އިއުލާން ކުރި އެވެ.

https://www.instagram.com/p/CelDHlah6G1/

ކައިވެނި އިއުލާން ކުރިނަމަވެސް ދެމީހުން އެކުގައި ލިވިން ރިލޭޝަން ޝިޕްއެއްގައި އުޅެމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެފައި ވާކަމަށާއި ސިއްރުން އެމީހުން ކައިވެނި ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.