ރިއަލިޓީ ގިނަ ޝޯތަކެއް ހުށަހަޅައިދީގެން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ މަނީޝް ޕޯލް ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަނީޝް ސޮއިކޮށްފައިވަނީ ޑައިރެކްޓަރު ރިތަމް ސްރިވަސްތަވްގެ މެބް ސީރީޒަކަށެވެ. މިހާރު މިސީރީޒްގެ ޝޫޓިން ފަށާވާއިރު އަދި މިސީރީޒްއަށް ވަކި ނަމެއް ދީފައެއް ނުވެ އެވެ.
މަނީޝް ދެން އެންމެ އަވަހަށް ފެނިގެންދާނީ މިމަހުގެ 24 ވަނަ ދުވަހު ރިލީޒްކުރާ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ "ޖުގް ޖުގް ޖިޔޯ" އިންނެވެ.
ގިނަބަޔަކަށް މަނީޝް ޕޯލް ފެނިފައިވަނީ މުޅީންވެސް ހެއްވާ މަޖާ ރޯލްތަކުންނެވެ. ހަމައެހެންމެ އޭނާ ހޯސްޓުކުރާ ގިނަ ޝޯވްތަކުގައިވެސް މަނީޝް ފެނިގެންގޮސްފައިވަނީ ހެއްވާ މަޖާ ސަކަ މިޒާޖެއްގެ މީހެއްގެ ގޮތުގަ އެވެ.
އެހެންނަމަވެސް މިސީރީޒްގައި މަނީޝް ފެނިގެންދާނީ މިހާތަނަށް އޭނާ ސްކްރީނުން ދައްކުވައިދީފައި ނުވާ ކަހަލަ ތަފާތު ރޯލަކުންނެވެ.
މީގެ ކުރިން ޓީވީ ސީރީޒްތަކުން ވެސް ކޮންމެވެސް ވަރަކަށް ފެނިފައިވާ އަދި ބޮލީވުޑް ފިލްމުތަކުގައި ކެމީއޯ ރޯލުތަކުން ވެސް ފެނިފައިވާ މަނީޝް އެންމެ ފުރަތަމަ ފިލްމެއްގެ ލީޑުން ފެނުނީ 2013 ވަނަ އަހަރު ނެރުނު "މިކީ ވައިރަސް" އިންނެވެ.
"ފާސްޓް އެންޑް ފިއުރިއަސް"ގެ ޓީވީ ސީރީޒްއެއް ހަދަނީ!
ހަރަދު ކުޑަކުރުމަށް މޯދީގެ މޮޓޯކޭޑް ކުޑަކޮށްފި
ބާ ކައުންސިލުން ނޫސްވެރިންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދެނީ