ވޮޝިންޓަން (16 ޖޫން) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ހައްޔަރުކުރި ހަނގުރާމައިގެ އަސީރުންގެ ތެރޭގައި ހިމެނިގެން އެމެރިކާގެ ދެމީހަކުވެސް ހިފަހައްޓައިފި އެވެ.
ދަ ޓެލެގްރާފް ނޫހުގައި ބުނެފައިވަނީ އެމެރިކާގެ އަސްކަރިއްޔާގައި ކުރިން ހިދުމަތްކުރި ދެ ސިފައިންގެ މީހަކު އަމިއްލައަށް އިސްނަގައިގެން ޔޫކްރެއިންގެ ހަނގުރާމައިގައި ބައިވެރިވާން އެގައުމަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ކަރުކީވްގައި ހިނގި ކުރިމަތިލުންތަކުގައި ރަޝިއާގެ ސިފައިން ވަނީ އެދެމީހުން ހިފަހައްޓާފަ އެވެ.
އެފަރާތްތަކުގެ އާއިލާއިން ބުނީ ކީވްގައި ހުންނަ އެމެރިކާގެ އެމްބަސީއާ ވާހަކަ ދެކެވެމުން އަންނަ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްބަސީއިން ޔަގީން ކޮށްދީފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ޑިޕާޓްމަންްޓް އޮފް ސްޓޭޓްއިން ބުނީ އެގައުމުގެ ރައްޔިތުންތަކެއް ޔޫކްރެއިންގެ ހަނގުރާމައިގައި ހިފަހައްޓާފައިވާތީ އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
އެއާއެކު ކޮންގްރެސްގެ މެމްބަރުން ވެސް އަންނަނީ އެ ދެމީހުން އަނބުރާ ގައުމަށް ގެނައުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކުރުމުގައި އެއްބާރުލުން ދޭނެ ކަމަށް ބުނަމުންނެވެ.
ސަރުކާރު ޖަވާބުދާރީކުރަން އެންމެ ބުރަ މަސައްކަތްކުރަނީ ޕީއެންއެފް
މެސީގެ ސަޕޯޓަރުން ބޭނުންވި ގޮތަށް ރޮނާލްޑޯއަށް އަދަބު ނުދިން
އިމްރާން ޚާން އަވަހާރަކޮށްލި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި