ރޭގަނޑު ހަމަނިދި ނުލިބޭ މީހުންނަކީ ޑިޕްރެޝަނާއި އެންޒައިޓީގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އޮންނަ މީހުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ރޭގަނޑުގެ ހަމަ ނިދި ނުލިބުމަކީ މީހާގެ ސިކުނޑީގައި ނުރަނގަޅު ޚިޔާލުތައް ގިނަވެ، އޭގެ ސަބަބުން އުޅުމަށްވެސް އަސަރު ކުރާނެ ކަންތައް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ޖާނަލް އޮފް ބިހޭވިއާ ތެރަޕީ އެންޑް އެކްސްޕެރިމެންޓަލް ސައިކިއެޓްރީގައި ޝާއިއުު ކޮށްފައިވާ އެ ދިރާސާގައި ބުނެފައިވަނީ ރޭގަނޑު ނުނިދި އޮންނަ އިރު މީހާގެ ސިކުނޑިއަށް ވެރިވާ ނެގެޓިވް ހިޔާލުތަކަކީ މީހާ ދެރަވެ، އެކަމުގެ ސަބަބުން ވިސްނުން އިތުރުވެ، އެންޒައިޓީ އަދި ޑިޕްރެޝަނަށް މަދުވާނެ ކަންތައް ކަމަށެވެ.

އެ ދިރާސާގައި 5200 މީހުން ބައިވެރިކޮށްފައިވާ އިރު އެމީހުންގެ ނިދުމުގެ އާދަ ހުންނަ ގޮތާއި، ލޮލުގެ ހަރަކާތްތައް މޮނީޓާކޮށް ތަފާތު ސުވާލުތައް ކޮށްގެން އިންޓަވިއު ނަގާ ހަދާފައިވެ އެވެ.

އޭގެ ނަތީޖާ ދައްކާގޮތުން ރޭގަނޑު 8 ގަޑިއިރުގެ ނިދި ނުލިބޭ މީހުންނަކީ ގިނައިރު އިންޓަނެޓް ބޭނުންކުރާ މީހުންނެވެ. ރޭގަނޑު އިންޓަނެޓުން ފެންނަ ފޮޓޯތަކާއި ވީޑިއޯތަކުން ވިސްނުން އިތުރުވެ ހަމަ ނިދިން މަހުރޫމްވެ އެވެ.

މި ދިރާސާ ކުރެއްވި ބޭފުޅުން މިހާރު މަސައްކަތް ކުރައްވަނީ ނިންޖަށް ހޭދަވާ ވަގުތާއި މީހުންގެ ނަފްސާނީ މައްސަލަތަކާ ގުޅުންހުރި މިންވަރު ދެނެގަތުމަށެވެ.