ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި، ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ހަރަކާތްތެރިވިގޮތުގެ އިންޓާނަލް ރިވިއުއެއް ހަދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ގަލޮޅު ދަނޑު ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެހަރަކާތުގެ ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލަމެޓުންނާއި، އަދި އާންމުންގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ވަދެގަނެ، ބައެއް މީހުންނަށް ހަމަލަދީ ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގްކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމަށެވެ. އަދި އެ ހާދިސާއާގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެ އަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެން)ގެ އޮފީހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނަމަވެސް އެކަމަށް އެއްބާރުލުން ދިން ކަމަށް ބުނާ ވާހަކަތައް ޕީޕީއެމް ދޮގުކުރެ އެވެ.
މިހާދިސާ ހިނގި ކަމަށް މެދުވެރިވި ސަބަބު ބަލައި ދިވެހި ފުލުހުންގެ ޚިދުމަތުން ފިޔަވަޅުއެޅިގޮތް ބަލާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ. މި މައްސަލާގައި މިހާތަނަށް ހަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ބަލަންވީ އިއްޒައްތެރި ވަޒީރު ހުވަޔާއި ހިލާފް ވާންޖެހޭތޯ އިސްލާމް ދީނަ ހުރުމަތްތެރިކޮށް ހިތަން މިނިސްޓާރ ހުވާކުރި ނުންތޯ ؟ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތަން ހުވައިކޮށްގެން ތިބި މީހުން ދީނަށް ހުރުމަތްތެރިކޮށް ހިތާ ވަރުބަލަންވީ ! މުންކަރާތް ހުއްޓުވި މީހުންގެ މައްސަތޯ ބަލަންވީ ؟އެކަން ކުރީ ރަގަޅަށް !