ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 1،516 ސާމްޕަލްގެ ތެރެއިން 44 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފެނުނު 34 ކޭސް އާއި ރިސޯޓުތަކުން ފެނުނު ދެ ކޭސް އަކާއި ތަރައްގީކުރަމުން އަންނަ ރިސޯޓަކުން ފެެނުނު އަށް ކޭސް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 12،854 އަށް އަރައިފައެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 11،681 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 95 އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 46 މީހަކު މަރުވެފައިވެ އެވެ.

މިހާރު އަތޮޅުތަކުން 14 ރަށެއްގައި 14 މީހަކަށް މި ބަލިޖެހިފައިވެ އެވެ. މީގެއިތުރުން 30 ރިސޯޓެއްގައި 52 ފަތުރުވެރިންނާއި 155 މުވައްޒަފަކަށް ވެސް ބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.