ހުޅުމާލޭގައި ހުންނަ ޗައިނާގެ ކުންފުންޏެއްގެ އޮފީހެއް ފަޅާލައިގެން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އިއްޔެ ރޭ ދަންވަރު ފަޅާލި އޮފީހުން އެއް މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި 11،000 ޑޮލަރު ވަނީ ވަގަށް ނަގައިފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ހުޅުމާލޭގައި ހުންނަ އެ އޮފީހަށް ވަނުމުގެ ކުރިން އެތަނުގެ ބޭރުގައި ހުރި ސީސީޓީވީ ކެމެރާގައި ޓޭޕް އަޅާފައިވާ ކަމަށްވެ އެވެ. އަދި އެތަނަށް ވަދެފައި ވަނީ ބޭރަށް ހުންނަ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށް ވެސް އެނގިފައިވެ އެވެ.

އެ ފައިސާތައް ރައްކާކޮށްފައި ހުރީ ތިޖުރީއެއްގަ އެވެ. ވަގުން ވަދެ އެ ތިޖޫރީ ހާލުކޮށްލުމަށްފަހު އިތުރު އެއްޗެއް އެ އޮފީހުން ގެންދިޔަ ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.