ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށްގެންދިޔުމުގެ ކުރިން އެ ހަރަކާތް ހުއްޓުވައިދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީއެއް އާންމުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހްމަދު ސޮއި ކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މި މަހުގެ 15 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީ އާންމު ކުރެއްވީ ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް އެވެ.
ޔޯގާ އަކީ މުސްލިމުންނަށް ހުއްދަ ކުޅުވަރެއް ނޫން ކަމަށް އެ ސިޓީގައިވެ އެވެ.
ރާއްޖޭގައި ޔޯގާ ހަދަމުންދަނީ މެޑިޓޭޝަންގެ ގޮތުގައާއި ކަސްރަތު އަދި ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ކަމަށް ކަމުގައި ވިޔަސް އެއީ ދީނީގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ވެސް އެ ސިޓީގައިވެ އެވެ.ޔޯގާ އަކީ މުސްލިމުންނަށް ހުއްދަ ކުޅިވަރެއް ނޫންކަން ސާބިތުކުރުމަށް 2004 ވަނަ އަހަރު މިސްރުގެ ފަތުވާ ދޭ މަޖިލީހުން ނެރެފައިވާ ފަތުވާއަށް ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. އަދި 2008 ބަނަ އަހަރުގެ މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލިސް އިން ވެސް ބުނެފައިވަނީ ޔޯގާ ގެ ސަބަބުން މުސްލިމުންގެ އަޤީދާއަށް އަސަރު ކުރާ ކަމަށް އެ ސިޓީގައިވެ އެވެ.
ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ކުޅިވަރެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.
"އިސްލާމީ ޝަރީއަތާ ހިލާފް ކަމަކަށްވާތީ އާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަންތަކެއް ކަމުގައިވާތީ އިސްލާމީ ޝަރީއަތާ ދިވެހި ގާނޫނުތަކާ ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ," އެ ސިޓީގައި ވެ އެވެ.
އެ ސިޓީ ފޮނުވާފައިވާކަން މިނިސްޓްރީން ހާމަކޮށްފައެއްނުވެ އެވެ. އަދި އެ ހަރަކާތް ހުއްޓުވަން ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެ އެވެ. މި މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ބަޔަކު ވަދެ ވަނީ ހުއްޓުވާފަ އެވެ. އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މީނާ ދެން އިސްތިއުފާ ދޭންވެއްޖެ. ފެޝަނަށް ތުނބުޅި ހަދާގެން އިން ކޮހެއްތީ.