ވޮޝިންޓަން (28 ޖޫން) - ނޭޓޯގެ ސިފައިން ޔޫރަޕަށް ފޮނުވަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާން ކުރައްވައިފި އެވެ.

މެޑްރިޑްގައި މިހާރު ކުރިއަށްދާ ޓްރާންސްއެޓްލާންޓިކް އެލައަންސްގެ ސަމިޓްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ނޭޓޯގެ އެހީތެރިކަން ޔޫރަޕަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމަށެވެ.

"ނޭޓޯގެ ލަޝްކަރު އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ވަރުގަދަ ކުރާނެ،" ބައިޑަން ވިދާޅުވި އެވެ.

ބައިޑަން އިތުރަށް ވިދާޅުވީ ނޭޓޯގެ މެމްބަރު ގައުމުތައް ގުޅިގެން ޔޫރަޕްގެ ސަލާމަތަށް ކުރިމަތިވެފައި އޮތް ނުރައްކާ ކުޑަކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ރަޝިއާގެ ރައީސް ވްލޮޑިމިރް ޕުޓިންގެ އަމުރަށް ރަޝިއާގެ ސިފައިން ޔޫކްރެއިންއަށް އަރައި ހަނގުރާމައެއް ފަށާފައިވާއިރު، މި ހަނގުރާމައިގެ ނުރައްކާ ޔޫކްރެއިންގެ އަވަށްޓެރި ނޭޓޯގެ މެމްބަރު ގައުމުތަކަށް ވެސް ވަރަށް ބޮޑެވެ.

ނޭޓޯގެ ސެކެޓްރަރީ ޖެން ސްޓޮލްޓަންބާގް ވަނީ ނޭޓޯ ފުޅާ ވުމަކީ ޕުޓިން ބޭނުންވާ ގޮތް ކަމަށް ނުވި ނަމަވެސް އެއީ އެކަން ވާނެ ގޮތް ކަމަށް ވިދާޅުވެފަ އެވެ. -- އަލް އަރަބިއްޔާ