މިދިޔަ އޭޕްރީލު މަހު ކައިވެނިކުރި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ކައިވެންޏަށް ފަހު ޗުއްޓީ ހޭދަކުރަން ޔޫރަޕަށް ދާން ތައްޔާރުވެއްޖެ އެވެ.

އާލިއާ އާއި ރަންބީރް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ސިނަމާތަކަށް އަންނާނެ އެވެ. ރަންބީރް މިހާރު އަންނަނީ ހަތަރު އަހަރު ފަހުން އޭނަ ސްކްރީނަށް އަންނަ ފުރަތަމަ ފިލްމު އަންނަ މަހުގެ 22 ގައި ރިލީޒްކުރާ "ޝަމްޝޭރާ" ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކައިވެންޏަށްފަހު ދެތަރިންވެސް އެދެތަރިންގެ ހަނީމޫނު ފާހަގަކުރުމަށް ޗުއްޓީއެއް ނަގާފައެއް ނުވެ އެވެ. އެހެންނަމަވެސް ދެފަންނާނުންގެ މަސައްކަތް ނިންމުމަށް ފަހު އެދެތަރިންވެސް އެކީގައި ވަގުތު ހޭދަކުރުމަށް ޗުއްޓީއަށް ދާނެކަމަށް ދެތަރިން މީގެ ކުރިން ބުނެފައިވެ އެވެ. އެގޮތުން ދެތަރިންވެސް ދާން ހަމަޖެހިފައިވަނީ ޔޫރަޕުގެ ގައުމުތަކަށް މައުލޫމާތު ލިބިފައިވެ އެވެ.

ދެތަރިންވެސް މިހާރު ދަނީ އެދެފަންނާނުންނަށް ލިބޭ ދަރިފުޅަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އާލިއާ އާއި ރަންބީރަށް ދަރިޔަކު ލިބޭކަން ހާމަކޮށްފައިވަނީ އާލިއާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އެވެ. އަދި މި ޕޯސްޓްގައި އާލިއާ ބަނޑުގެ ސްކޭނެއް ހަދަން ހޮސްޕިޓަލެއްގައި އޮވެ ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.