ލޯބީގެ މައްސަލައެއްގައި ޖިންސީ ގުނަވަން ބުރިކޮށްލި މީހާ މަރުވެއްޖެއަމިއްލަ ޖިންސީ ގުނަވަން ބުރިކޮށްލި މީހާއަށް ފަރުވާ ދެމުންދަނިކޮށް ރޭ މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޖިންސީ ގުނަވަން ބުރިކޮށްލި 31 އަހަރުގެ މީހާއަށް ފަރުވާދެމުން އައީ ހުޅުމާލެ ހޮސްޕިޓަލްގައި ކަމަށެވެ. އެ ހާދިސާ ހިނގައިގެން ބަންގްލަދޭޝްގެ ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ގައިގައި ތޫނު އެއްޗަކުން ދީފައިވާ އިތުރު ޒަހަމްތަކެއް ވެސް ހުއްޓެވެ.

ކުރިމަތި ފަރާތް ބުރިކޮށްލުމުން ހޮސްޕިޓަލަށް އޭނާ ގެންދިޔަ މަންޒަރުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑުގައި ގިނަ އަދަދަކަށް ލޭ ފެންނަން ހުއްޓެވެ.

އެނގިފައިވާ ގޮތުގައި މަރުވި މީހާ ގުނަވަން ބުރިކޮށްލީ އޭނާ ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖަކާ މައްސަލަ ޖެހުމުން، ބާރުގަދަ ބޭސްތަކެއް ކައިގެން ގޮނޑިއެއްގައި އިނދެ ވަޅިއަކުން އަމިއްލައަށެވެ.