މާލެ ސިޓީގެ ބައެއް ސަރަހައްދުތައް ބަންދުކޮށްގެން ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ހަތިޔާރާއެކު ހަރަކާތްތެރިވަނީ ބޮމުގެ އިންޒާރަކާ ގުޅިގެންނެވެ. ބޮމުގެ އިންޒާރު ދީފައި ވަނީ މާލެ ސިޓީ ކައުންސިލް ޕޯޓަލް މެދުވެރިކޮށް މީހަކު ދިން މެސެޖެއްގައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ހަތިޔާރާއެކު ސިފައިން މިވަގުތު ޗައިނާ އެމްބަސީގައި ހަރަކާތްތެރިވަމުން ދާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުުޅުއްވާ ރަސްމީ ގެކޮޅު މ. މުރައިދޫގެއާއި ނައިބް ރައީސް ފައިސަލް ނަސީމު ދިރިއުޅުއްވާ ހިލާލިގެ ކައިރިއާއި އަދި ސުޕްރީމް ކޯޓު ސަރަހައްދުގައިވެސް ސިފައިން ދަނީ ފޯރި މަރަމުންނެވެ.
ބަންދުކޮށްގެން ހިންގާ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ބާރުތަކުން އަދި ހިއްސާއެއް ނުކުރެ އެވެ. އަދި ސިޓީ ކައުންސިލުންވެސް ނުބުނެ އެވެ.
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!