ސައުތު އިންޑިއަން ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ބަތަލާ ސަމަންތާ ރުތު ޕްރަބޫ ބޮލީވުޑް ފިލުމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ފެމިލީ މޭން 2" އަށް ފަހު ސަމަންތާ ރޫތު ޕްރަބޫ ބޮލީވުޑް ފިލުމަކަށް މިހާރު ސޮއި ކޮށްފައިވާ ކަމަށެވެ. އަދި އެފިލްމުގައި ސަމަންތާ އެކު ބަތަލްގެ ބައި ފެނިގެންދާނީ އަޔޫޝްމަން ކްރާނާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ދިނޭޝް ވިޖޭޔަން ޕްރޮޑިއުސްކުރާ މި ފިލްމުގައި މަޖާ ކަންތައްތަކެއްގެ އިތުރުން ސަސްޕެންސްވެސް ހިމެނޭނެ އެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ކާކުކަން އަދި ހާމަނުކުރި ނަމަވެސް ހުރިހާ ކަރުދާހުގެ މަސައްކަތެއްނިމި ފިލްމު މިހާރު އޮތީ ޝޫޓިން ފަށާ ހިސާބުގަ އެވެ.

https://www.instagram.com/p/CfY1YFSDb3y/

35 އަހަރުގެ ސަމަންތާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ރުސޯ ބްރަދާސްގެ "ސިޓަޑެލް" ގެ ހިންދީ ވާޝަން އަދި ވިޖޭ ދެވަރަކޯންދާއާއިއެކު ފެންނަ ފިލްމު "ޚުޝީ" ހިމެނެ އެވެ.

https://www.instagram.com/p/CdF2jaDJbUk/

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ ކަރަން ޖޯހަރްގެ ޗެޓް ޝޯ، "ކޮފީ ވިތު ކަރަން 7" ގެ މެހުމާނެއްގެ ގޮތުގައި ވެސް މި ފަހަރު ސަމަންތާ ފެނިގެންދާނެ އެވެ.

މިދިޔަ އަހަރު ދެއްކި ކާމިޔާބު ތެލުގޫ ފިލްމު "ޕުޝްޕާ:ދަ ރައިސް" އިންވެސް ފެނުނު ސަމަންތާ އަކީ ތެލުގޫ އަދި ތަމަޅަ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ތަރިއެކެވެ.

ސަމަންތާ އަކީ އަންނަ މަހުގެ 11 ގައި ރިލީޒްކުރާ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ގެ ރޯލެއް ކުޅެފައިވާ ތެލެގޫ އެކްޓަރު ނާގަ ޗައިތަނިއާގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުން 2017 ގައި ކުރި ކައިވެނި ރޫޅައިލީ މިދިޔަ އަހަރު އެވެ.