ހުކުރު ދުވަހާއި ހައްޖު ދުވަހުގެ މުނާސަބަތު އެއްކޮށް މިހަފްތާގެ ހުކުރު މަލާފަތުގެ ބައިގައި މި ގެނެސްދެނީ ހަދާލަން ވަރަށް ފަސޭހަ ރަހަމީރު ކެއުމެކެވެ. މިއަދުގެ ރޯދަވީއްލާ ގަޑިއަށް މިކެއުން ތައްޔާރުކޮށްލުން ރަނގަޅުވާނެ އެވެ.

ބޭނުންވާތަކެތި

  • 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • 1 މޭޒުމަތީ ސަމްސާ ބަޓަރު
  • 1 ފިޔާ2
  • 50ގ މަޝްރޫމް ފޮތިކޮށްފައި
  • 3 ލޮނުމެދު
  • 200 އެމްއެލް ކިރު
  • 1 ލުނބޯގެ ތޮށި (ގާނާފައި)
  • 200ގ ޕާމެސަން ޗީޒް
  • 300ގ ޕާސްތާ

ތައްޔާރު ކޮށްލާނެ ގޮތް

  1. ތެއްޔަކަށް ތެޔޮފޮދާއި، ބަޓަރުކޮޅު އަޅައި ފިޔާ ކޮޅު ރަތް ކޮށްލާށެވެ.
  2. ފިޔާގަނޑު ރަތްވުމުން އޭގެ ތެރެއަށް މަޝްރޫމްކޮޅު އަޅައި ރޯ ފިލުވާލާށެވެ.
  3. އޭގެ ތެރެއަށް ލޮނުމެދުކޮޅު އަޅައި ކިރު ކޮޅު އަޅާލާށެވެ.
  4. ކިރު ރަނގަޅަށް ކެކިގަތުމުން ލުނބޯ ތޮށްޓާއި ޗީޒް އަޅާށެވެ.
  5. ޕާސްތާ ކޮޅު ކައްކާލުމަށްފަހު އޭގެ ތެރެއިން ޕާސްތާ ފެންފޮދެއް ނަގާށެވެ.
  6. ޕާސްތާ ކޮޅު ކެކުމުން ކްރީމްކޮޅު ތެރެއަށް އެއްކޮށްލާށެވެ.
  7. އެއަށްފަހު ކުރިން ނެގި ފެންފޮދު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.