އުރީދޫން ރާއްޖޭގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުވައި، "ބޮޑު ޗުއްޓީ ޕެކް" ގެ ނަމުގައި ޚާއްސަ އޮފައެއް ތައާރަފް ކޮށްފި އެވެ.
ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ މި އޮފާ ތައާރަފުކުރީ މިނިވަން ދުވަހާއި ބޮޑު އީދާ ގުޅިގެން ލިބޭ މި ބަންދުގައި، ކޮންމެތަނެއްގައި އަދި ކޮންމެ ވަގުތެއްގައި ވެސް އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މި ހާއްސަ އޮފާގެ ދަށުން މިހާރު ކަސްޓަމަރުންނަށް އެންމެ 100ރ އަށް ބޮޑު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށް، 100 ޖީބީ ޑޭޓާ 3 ދުވަހަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޚާއްސަ އޮފާތައް އިއްޔެ އިން ފެށިގެން މިމަހުގެ 31 ގެ 00:59 ނިޔަލަށް ކަސްޓަމަރުންނަށް މި ޕެކް ގަނެވޭނެ އެވެ. އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް ނުވަތަ *929*1# އަށް ގުޅުއްވައިގެން އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް 100GB ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ފޮނުވުމުން އެކްޓިވޭޓް ކުރެވޭނެ އެވެ.
އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ބޮޑު ބަންދުތެރޭ ޗުއްޓީއަށް ރަށަކަށް ދިޔަޔަސް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ގޭގައި ޗުއްޓީ ހޭދަކުރިޔަސް ބޮޑު އީދަކީ ކުލަގަދަކޮށް ފާހަގަކޮށް ހާއްސަ އުފާވެރިކަމަކުން ފުރިގެންވާ ޗުއްޓީއެއް ކަމަށެވެ.
"މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް، ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އިތުރަށް ގުޅުވާލަދިނުމަށް، ޗުއްޓީގެ ތެރެއިން ކުލަގަދަ އަދި އުފާވެރި ވަގުތުތައް ހިއްސާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ހާއްސަ އޮފާ ކަމުދާނެކަމަށް އުއްމީދުކުރަން،" ނިޔާޒް ވިދާޅުވި އެވެ.
އުރީދޫ ޓީމްގެ ފަރާތުން އެ ކުންފުނީގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް މިނިވަން ދުވަހުގެ ތަހުނިޔާ އާއި އަޟްހާ އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަ އެވެ.