މުޒާހަރާ ހޫނުވުމުން، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އިސްތިއުފާ ދޭން ނިންމަވައިފި އެވެ.
ރަނިލް އިސްތިއުފާ ދޭން ނިންމެވީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަގެ ރަސްމީ އޮފީހާއި ގަނޑުވަރު މުޒާހަރާކުރާ މީހުންގެ ބެލުމުގެ ދަށަށް ގެނެސް ގައުމު ހުއްޓުވުމަކަށް ގެނައުމާ ގުޅިގެން ޕާޓީތަކުގެ ވެރިންނާއެކު މީގެ އިރުކޮޅެއް ކުރިން ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.
ރަނިލް ވިދާޅުވީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭގޮތަށް، ސަރުކާރު ކުރިއަށް ގެންދިޔުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީތައް ހިމެނޭ ސަރުކާރެއް އުފެއްދުމަށް، ޕާޓީގެ ލީޑަރުން މިއަދު ހުށަހެޅި ހުށަހެޅުން ބަލައިގެންފި ކަމަށެވެ.
ހޮނިހިރު ދުވަހު 100،000 އަށް ވުރެ ގިނަ މީހުން މުޒާހަރާކުރަން ޖަމާވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ވެރިރަށް ކޮލަމްބޯއަށް ވަދެ، ރައީސް އިސްތިއުފާދޭން ވެސް މަޖުބޫރުކުރަމުންނެވެ.
އީރާނުން ތެޔޮ އެކްސްޕޯޓް ހުއްޓުވާނެ ކަމުގެ އިންޒާރު ދީފި
"ބޭރު ފައިސާއިން އާމްދަނީ ލިބޭ މީހުން ކަޅު ބާޒާރުގައި ވިއްކާ"