ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސޯނޫ ސޫދު އާއި އެމްޓީވީގެ "ރޯޑީސް" ޓީމުން މުމްބާއީ ފުލުހުންނަށް ރެއިން ކޯޓް ހަދިޔާކޮށްފި އެވެ.

މި ފަހަރުގެ އެމްޓީވީ ގެނެސްދޭ "ރޯޑީސް ޖާނީ ޓު ސައުތު އެފްރިކާ" ގެ ހޯސްޓެއްގެ ގޮތުން ފެނިގެންދަނީ މަޝްހޫރު އެކްޓަރު އަދި ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ސޯނޫ ސޫދު އެވެ.

އިންޑިއާއަށް ކުރި ވިސާރަޔާ ގުޅިގެން ސޯނޫ ސޫދާއި "ރޯޑީސް" ޓީމުން ވަނީ މުމްބާއީ ފުލުހުންނަށް 1،000 ރެއިންކޯޓު ހަދިޔާކޮށްފަ އެވެ.

ސޯނޫ ސޫދު ބުނެފައިވަނީ މުމްބާއީ ފުލުހުންނަކީ މުމްބާއީގެ އަމާކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި މިފަދަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވޭތީ އުފާކުރާ ކަމަށްވެސް ސޯނޫ ސޫދު ވަނީ ބުނެފަ އެވެ.

"މުމްބާއީ ފުލުހުނަށް އިހުތިރާމް ކުރަން. އަޅުގަނޑުމެންގެ އާދައިގެ ދިރިއުޅުން ރައްކާތެރިކޮށްދޭ އާދަޔާ ހިލާފު ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން،" ސޯނޫ ސޫދު ބުންޏެވެ.

ސޯނޫއަކީ ފިލްމު ކުޅެގެން ނުލިބޭވަރުގެ ތަރުހީބަކާއި ލޯތްބެއް ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު 2020 އިން ފެށިގެން އާންމުންނަށްވުމުގެ މަސައްކަތުން ހޯދާފައިވާ މީހެކެވެ. އޭނަ އިންސާނިއްޔަތަށްޓަކައި ފެށި އެ މަސައްކަތުގެ ސަބަބުން އިންޑިއާގެ ގިނަ މީހުން ސޯނޫ ސިފަކުރަނީ ނަމޫނާ ބަތަލެއްގެ ގޮތުގަ އެވެ.