ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސައަށް ހިމާޔަތް ނުދޭކަމަށް ސިންގަޕޫރުން ބުނެފި އެވެ.
ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށާ ގޮޓަބަޔާ އެ ގައުމަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއް ގައި ކަމަށް ސިންގަޕޫރު ސަރުކާރުން ހާމަކުރެ އެވެ.
ރައީސް ގޮޓަބަޔާގެ ސިންގަޕޫރޫ ދަތުރުފުޅާ ގުޅޭގޮތުން އެ ގައުމުގެ ފޮރިން މިނިސްޓްރީން މީޑިއާތަކަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ އެ ގައުމަށް ވަނުމުގެ ހުއްދަ ރައީސް ގޮޓަބަޔާ އަށް ދެއްވާފައިވާ ކަމަށެވެ. އަދި ސިންގަޕޫރުން ގޮޓަބަޔާއަށް ހިމާޔަތް ނުދޭ ކަމަށާއި ހިމާޔަތަށް އެދިފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ. އެ ގައުމަކީ ހިމާޔަތަަށް އެދޭ ފަރާތްތަކަށް އެފުރުސަތު ދިނުމުގެ އުސޫލު ގެންގުޅޭ ގައުމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
ލަންކާގެ ރައްޔިތުންނަށް ފިއްލަވައިގެން އަސްކަރީ ބޯޓެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު އެއް ދުވަސް ރާއްޖޭގައި މަޑުކުރެއްވުމަށް ފަހު ގޮޓަބަޔަ ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނު 11:30 ގައި ސައުދީ އެއާލައިންގެ ފްލައިޓަކުންނެވެ.
އޭނާ ފިއްލަވަން ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ރާއްޖޭގެ ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ހާމަނުކުރެ އެވެ.