މޮސްކޯ (20 ޖުލައި) - ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރަޝިއާއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރަން އެ ޖަމިއްޔާއިން ވިސްނަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި ލުއިތައް ދޭން އެ ޖަމިއްޔާއިން ވިސްނަނީ ރަޝިއާއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު ކާބޯތަކެއްޗާއި ގަސްކާނާގެ ވިޔަފާރިކުރިއަށް ގެންދިއުމަށް ކަމަށްވެ އެވެ.
އެގޮތުން އީޔޫގެ މެމްބަރު ގައުމުތަކުގެ ބޭންކުތަކުގައި ހުރި ރަޝިއާގެ ފަންޑުތައް މި ލުއިތަކުގެ ދަށުން ދޫކުރެވޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ރޮއިޓާސްއަށް ލިބިފައިވާ ލިޔެކިޔުންތައް ބުނާ ގޮތުން މިހަފްތާގެ ތެރޭގައި އީޔޫއިން ދަތިކުރުމުގެ ފިޔަވަޅުތަކަށް ދޭ ލުއިތައް އިއުލާންކުރާނެ އެވެ.
މިކަމާ ބެހޭ ރަސްމީ އެއްވެސް ހަބަރެއް އީޔޫއިން ބުނެފައި ނުވާއިރު ޔޫރަޕްގެ ގައުމަތަކަށް ކާބޯތަކެއްޗާއި ގަސްކާނާއަށް ވަނީ ވަރަށް ބޮޑަށް ބޭނުން ޖެހިފަ އެވެ.
މި ހަބަރުތައް އައިސްފައިވަނީ ރަޝިއާއިން އެގައުމުގެ ގޮދަން އެކްސްޕޯޓްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން ގޮވާލާފައި ވަނިކޮށެވެ. -- ރޮއިޓާސް
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
"ވަކި ބަޔަކަށް ފައިދާވާހެން ވިޔަފާރިތަކުން ކޯޓޭޝަން ހޯދި"