މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާން އަންހެނަކު މަރުވެފައިވާތީ އެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ޅ. ހިންނަވަރަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އާއިޝަތު ނަޒްރާ މަރުވީ ހުކުރު ދުވަހުގެ ރޭ ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ސައިކަލް ދުއްވަން އިނީ އޭނާގެ ލޯބިވެރިޔާ އެވެ. ނަޒްރާ އިނީ ސައިކަލުގެ ފަހަތުގަ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ އަމީނީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ނިކުތް ތަނުން ސައިކަލް ކޮންޓްރޯލް ނުވެ ރަސްފަންނު ދުވާ ޓްރެކު މައްޗަށް ސައިކަލު އަރައިގެން ކަމަށެވެ.
ސައިކަލް ދުއްވި ނަޒްރާގެ ލޯބިވެރިޔާގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.
"ސައިކަލް ދުއްވަން އިނީ 24 އަހަރުގެ ޒުވާނެއް. އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުުމުގެ ލައިސަންސް ނެތް" ފުލުހުން ބުންޏެވެ.

އިސްލާމް ދީން ގަބޫލު ކުރާނަންތޯ އެހުމުން ގައުރީ ބުނީ ކީކޭ؟
އިންތިހާބުތައް އެއްކޮށްލުމުގެ ހަގީގީ މަގުސަދު ސާފުކޮށްދޭން ޖެހޭ
ވެމްކޯއިން މުވައްޒަފުންނަށް މުސާރަ ދިނުން ލަސްކުރާ މައްސަލައެއް
