ގިނަ ދިވެހީންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާއެކު މާލޭގެ ބައެއް ސުކޫލުތަކުގެ ޓީޗަރުން ވެސް އެއް ޖިންސުން ގުޅުން ހިންގާ ފައިވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ތުހުމަތު ކުރައްވައިފި އެވެ.
ޝެއިހް އަލީ ޒައިދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަލަމްގީރްއާއެކު ލިވާތުކުރި މީހުންގެ ތެރޭ މާލޭގެ ބައެއް ސްކޫލްތަކުގެ ޓީޗަރުން ހިމެނޭ ކަމަށެވެ. އަދި މިކަންތައް އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް އިނގޭ އިރު ވެސް އެ މިނިސްޓްރީން މިކަންކަމާމެދު ފިޔަވަޅު ނާޅައި ހުރީ ކީއްވެގެންތޯ ޒައިދު ވަނީ ސުވާލުކުރައްވާފަ އެވެ.
ޒައިދު ވަނީ މާލޭގެ ބައެއް ސުކޫލުތަކުގެ ޓީޗަރުން މިކަން ކޮށްފައިވާ ކަމަށް ބުނެ ދަރިވަރުންގެ ސަލާމަތަށްޓަކައި މިކަންކަން ހުއްޓުވުމަށް ގޮވާލައްވާފަ އެވެ.
ޝެއިހް ޒައިދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ރާއްޖެ ސަދޫމް ސިޓީއަށް ވިޔަ ނުދިނުމަށް ގޮވާލާ ކަމަށާއި، މިކަން ކުރި މީހުންގެ ތެރެއިން މަތީމަގާމުތަކުގައި މީހުން ތިބި ނަމަ އެބައެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލައި މަގާމުންވެސް ވަކިކޮށްދެއްވުމަށް ގޮވާލާ ކަމަށެވެ. ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގަނީ އެންމެ ބަލިކަށި މީހުންކަން ފާހަގަ ކުރައްވައި އަލީ ޒައިދު ވިދާޅުވީ މިފަދަ ބަޔަކު މުޖުތަމައުގައި ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ.
އަލަމްގިރު އާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 250 އަށްވުރެ މަތީގައި ހުރިކަމަށް އަޑުފެތުރިފައިވާއިރު އަލަމްގިރު އާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ރާއްޖޭގެ އެކި ފެންވަރުގެ މީހުން ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މީހަކު ތުހުމަތަކަށްވެސް އަދި ހައްޔަރުކޮށްފައިވާކަން އެނގިފައެއް ނުވެ އެވެ.
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
ގަތަރުގެ އެންމެ ފުރަތަމަ "ސްމާޓް" މިސްކިތް ހުޅުވައިފި
ދަ ޓައިޑްސް އޮފް ކޭއޯސްގެ ދެވަނަ ބައި ނެރެފި
ދަނާނަ ބޭކަލުން ތިކަމުގާ ނުހިމޭނޭތޯ؟
އަލަމްގިރި ޕާޓީގެ މެމްބާރުން އިނގޭނެ އޭނަ މާލެ އައި ދުވަހުން ފަށައިގެން ވީދުވަސް 4 އާ ގުނަކުރީމާ. އަދި އެއިން ކޮންމެ މީހަކު ވާނީ އެތައްބަޔަކާއެކީ އެކަންކޮށްފަ