ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންނަ ހޯމަ ދުވަހު އިންޑާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހަށް އިންޑިއާއަަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހޯމަދުވަހު ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ސޯލިހުގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ދެޤައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރެ އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ޙައިސިއްޔަތުން އިންޑިއާއަށް ވަޑައިގަންނަވާ ދެވަނަ ދަތުރުފުޅެވެ. ރަސްމީ ދަތުރުފުޅެއްގައި ފުރަތަމަ އިންޑިއާއަށް ވަޑައިގެންނެވީ ވެރިކަމާ ހަވާލުވެވަޑައިގެން އަހަރު، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އީރާނާއެކު އެއްބަސްވުމަށް އަވަސްއަރުވާލުމެއް ނެތް: ޓްރަމްޕް
ގުދުރަތީ މާހައުލެއްގައި 20 މިނެޓުން ވެސް ގިނަ ފައިދާތަކެއް!
ދުވާލަކު 35 ބޭސް ކާ ކަމަށް ކިމް ބުނުމުން މާހިރުން އިންޒާރު ދީފި