މަގުބޫލު ސީރިޒް ނާގިންގެ ތަރި އަރްޖުން ބިޖްލާނީ އާއި ކުންޑަލީ ބަގްޔާގެ ތަރި ޝްރަދާ އާރިޔަން ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުޝަރު އަދު ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމަކަށް ސޮއި ކޮށްފި އެވެ.

މަޝްހޫރު ޓީވީ ތަރި އަރްޖުން ބިޖްލާނީ އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ ދަރްމާ ޕްރޮޑަކްޝަންސް އިން އުފައްދާ ފިލްމަކުން އޭނާއަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

"ހަތުރޯން ކޭ ކިލާޅީ 11" ކާމިޔާބު ކުރި އަރުޖުން ބުނީ ކަރަން ޖޯހަރު އެފުރުސަތު އޭނާއަށް ދިނުމުން އުފާ ކުރާ ކަމަށާއި އަދި އެކަމަށް ކަރަން އަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަރުޖުން އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް

އަރްޖުން މަސައްކަތްކުރާ ފިލްމުގެ ނަން ހާމަކޮށްފައިނުވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ފެނިގެންދާނީ "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ. ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ މި ރޮމޭންޓިކް ފިލްމަކީ ހަ އަހަރު ފަހުން ކަރަން ޖޯހަރު ޑައިރެކްޓް ކުރާ ފިލްމެކެވެ.

https://www.instagram.com/p/CfMKONNKBIF/?hl=en

އަރްޖުންގެ އިތުރުން ކުންޑަލީ ބަގްޔާގެ ތަރި ޝްރަދާ އާރިޔާވެސް ވަނީ ކަރަން ޖޯހަރުގެ ފިލްމަކަށް ސޮއިކޮށްފަ އެވެ. ޝްރަދާ ސޮއި ކުރި ފިލްމާ ބެހޭ ގޮތުން އަދި މާބޮޑު ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ. އެހެން ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަރްޖުނާއެކު "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ" ފެނިގެންދާނެ ކަމަށް ބެލެވެ.

https://www.instagram.com/p/CgllMU-LT1t/?hl=en

'ކުންދަލީ ބަގްޔާ' ގައި ޝްރަދާ އާރިޔާ ކުޅެފައިވާ ރޯލަށް ގިނަ ބައެއްގެ ލޯބި ވަނީ އޭނާއަށް ލިބިގެން ގޮސްފަ އެވެ.