ހުޅުމާލެ ދެ ވަނަ ފިޔަވަހި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި އެޗްޑީސީގެ މެނޭޖްމެންޓް އޮފީހެއް ގާއިމުކޮށް އެތަނުގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެޗްޑީސީއިން ބުނ ހިޔާ ފުލެޓުގައި ދިރިއުޅުއްވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް މިހާރު ވަނީ ހިޔާގެ 11 ވަނަ ޓަވަރުގައި މެނޭޖްމަންޓް އޮފީހެއް ގާއިމްކޮށް މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. މިއީ ހިޔާ ފްލެޓް ސަރަހައްދުގައި އެޗްޑީސީއިން ގާއިމްކުރި ފުރަތަމަ އޮފީހެވެ.
މިއީ ހިޔާ ފްލެޓްތަކާ ގުޅުންހުރި އިދާރީ ހިދުމަތްތައް، ހިޔާގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގާއިމުކުރި އޮފީހެކެވެ. އޮފީސް ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 2:00 އާއި ހަމައަށެވެ.
މި އޮފީހުން ހިޔާ ފްލެޓްތަކާއި ގުޅުންހުރި މުހިންމު މައުލޫމާތުތައް ސާފުކުރުމާއި، އެޗްޑީސީގެ ހިދުމަތްތައް އަދި ފްލެޓަށް ކުލި ދެއްކޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފަ އެވެ.
ހިޔާގެ 5،000 އަށް ވުރެ ގިނަ ފްލެޓްގައި އާންމުން ދިރިއުޅެމުންދާއިރު އެތަންތަނުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހިސާބުގަ އެވެ.
ހިޔާ ފްލެޓްގެ ކުއްޔަކީ މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީ އަށް 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ އެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ސީސީޓީވީ ކެމަރާ ހަރުކޮށް އަދި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ވެސް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ
ޢެޗް ޑީ ސީ އޮފީސްހެއް ހުޅުވިއަސް އެއްވެސް ކަމަކަށް ހައްލެއް ހޯދައި ނުދޭނެ. ފޭސް އެކެއްގެ ފުލެޓެއްގަ ސީޓުން ފެންފައިބާތީ އެތަނަށް ގޮއްސަ އެނގީމަވެސް ނާދޭ.ް އެވަރު ގެ ބައެއް.