ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރިއާއެކު ލިވާތުކުރި މައްސަލާގައި ރައްޔިތުން މަޖިލީހުގެ އިދާރީ މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި އޭނާ ސަސްޕެންޑުކޮށްފައިވާއިރު އޭނާ މިހާރު ވަނީ މުވައްޒަފުން ތިބޭ ވައިބަރ ގްރޫޕުންވެސް ނެރެފަ އެވެ. އަލަމްގިރިއާއެކު ޖަމާއަތް ހަދައިގެން ލިވާތުކުރި މައްސަލާގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ފިރިހެން ޓީޗަރަކު ސަސްޕެންޑުކޮށްފައިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ވީޑިއޯގެ މައްސަލާގައި އެ ޓީޗަރު މިހާރު ހުރީ ވަޒީފާއިން ސަސްޕެންޑުކޮށްފައިކަން ހާމަކޮށްފަ އެވެ.
އަލަމްގިރިއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް މިހާރުވެސް ލީކުކޮށްލާފައިވާއިރު އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން އެ މައްސަލާގައި ތުހުމަތުކުރެވޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ވަނީ ހައްޔަރުކޮށްފަ އެވެ.
ކަށިތަކުގެ ދުޅަހެޔޮ ކަމަށް ބޭނުންވަނީ ދުވާލަކު 2 މިނެޓު!
ހާލު ދެރަވި އުމްރާވެރިޔާ މާލެ ގެނެސްފި
ސަމާހު ވަކިކުރީ "އޮބި ނޯންނަވަރަށް ވައްކަން ކުރާތީ": އަމާނީ