ތިލަމާލެ ބްރިޖް އަޅަން މިހާތަނަށް ހޭދަވި ފައިސާގެ އަދަދު ދަންނަވަން ނޭނގޭ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކުއްލިއަކަށް އެ އަދަދު ދަންނަވަން ނޭނގޭ ކަމަށެވެ.
"ތިލަމާލެ ބްރިޖަށް ހޭދަވީ އަދަދެއް ޓަސްލާފަ ދަންނަވަން އަޅުގަނޑަކަށް ނޭންގޭ،" އަސްލަމް ވިދާޅުވި އެވެ.
ބްރިޖްގެ ބިންގާ ރަސްމީ ގޮތުން އަޅާފައިވަނީ ރައީސް ސޯލިހް އިންޑިއާއަސް ކުރެއްވި ދަތުރުފުޅުގައި ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ބްރިޖު މަސައްކަތް ކުރަނީ އިންޑިޔާގެ ކުންފުޏެއް ކަމަށްވާ އެފްކޮންސް އިންނެވެ. މިމަޝްރޫއު އެފްކޮންސް އާއި ހަވާލުކުރީ 500 މިލިއަން (7.7 ބިލިއަން ރުފިޔާ) ޑޮލަރަށެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ ލޯނެކެވެ. އަދި އަނެއްބައި ހަމަ ޖައްސަނީ ދިވެހި ދައުލަތުގެ ބަޖެޓުންނާއި އިންޑިއާއިން ދޭނެ ކަމަށް ބުނެފައިވާ ހިލޭ އެހީއިން ނެވެ.
ޓޮމް ކްރޫޒް މިފަހަރު ފެނުނީ ތަފާތު ގޮތަކަށް!
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!