ކުވައިތުގެ ގައުމީ އެއާލައިން "ކުވައިތު އެއާވޭސް"ގެ ދަރުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.
އެ އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހު އެވެ.
އޮކްޓޯބަރު 31 ވަނަ ދުވަހު ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށާއިރު ހަފްތާއަކު ދެ ދަތުރު އެ އެއާލައިނުން ރާއްޖެއަށް ކުރާނެ އެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ އެއާބަސް އޭ 320 މަރުކާގެ ބޯޓެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކުވައިތުގެ ކެބިނެޓުން ވަނީ ކޮވިޑްގެ ފިޔަވަޅުތައް އުވާލުމާއެކު ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެކަން ހާމަކޮށްފަ އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުވައިތުން ރާއްޖެއަށް 4325 ފަތުރުވެރިން ވަނީ އައިސްފަ އެވެ.
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ
އަބަދުވެސް ރަނގަޅު މައިބަފައިންނަށް ވެވޭތޯ ބަލަން: ވިކްޓޯރިއާ
