ޓައިވާނަށް ނިސްބަތްވާ މި ފިރިހެން މީހާއަށް ޕްލޭސްޓޭޝަން 5 ގަނެވުމަކީ އޭނާގެ ނަސީބެވެ.
ނަމަވެސް އޭނާ ގޭމް ކުޅޭ ވަރުން އަންހެނުން ހިތްހަމަނުޖެހޭތީ ނިންމީ މިކަން ފޮރުވުމަށެވެ.
އަންހެނުން ކައިރީ އޭނާ ބުނީ މިއީ އެއާ ޕިއުރިފަޔާއެއް ކަމަށެވެ. އެއާ ޕިއުރިފަޔާ އަކާ ޕީއެސް5 ވައްތަރުވުމަކީ އޭނާއަށް އެޑްވާންޓޭޖަކަށްވި އެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ، އޭނާގެ އަންހެނުންނަށް މިއީ ޕީއެސް5 އެއް ނޫންކަން ފަޅާއެރި އެވެ.
މި އަންހެން މީހާ ވަނީ އައި ރުޅީގައި ފިރިމީހާ އަށް ވަގަށް ޕީއެސް5 ވިއްކާލާފަ އެވެ.
އަންހެން މީހާ އަތުން ޕީއެސް5 ގަތް މީހާ ބުނެފައިވަނީ މިއީ މިހާތަނަށް ފެނުނު އެންމެ އަގުހެޔޮ ޑީލް ކަމަށެވެ.
ބެލުންތެރިންގެ މަގުބޫލު "އޮފް ކެމްޕަސް" ބަލައިފިންތަ؟
އީޔޫ އިން ޓެމޫ 297 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
މާލޭގެ ގެއެއްގައި ރޯވެ އަނިޔާވި ހަތަރު މީހަކަށް ފަރުވާދެނީ
