ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝާހްރުކް ޚާން އާއި ގައުރީ ޚާންގެ ދަރިފުޅު އާރިއަން ޚާން ވަނީ އިންސްޓަގްރާމް އަލުން ބޭނުންކުރަން ފަށާފަ އެވެ. އެގޮތުން މިފަހަރު އާރިއަން އެންމެ ފުރަތަމަވެސް އޭނާ ޕޯސްޓް ކުރި ފޮޓޯއަކީ އޭނާގެ ދެ ކޮއްކޮ އާއެކު ނަގާފައިވާ ފޮޓޯއެކެވެ. އާރިޔަން އާއި ސުހާނާ ޚާން އާއި އަބްރަމް ޚާން އެކު ނަގާފައިވާ ފޮޓޯ އިންސްޓްގްރާމަށް ދޫކޮށްލުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ފޮޓޯތައް ވައިރަލްވެފަ އެވެ.
އަދި މީގެ އިތުރުން މިފޮޓޯތަކަށް ޝާހްރުކް ކޮށްފައިވާ ކޮމެންޓަށްވެސް ގިނަ ބަޔަކު ސަމާލުކަން ހުއްޓުނެވެ.
މި ޕޯސްޓަށް ޝާހްރުކް ކުރި ކޮމެންޓެއްގައި މި ފޮޓޯތައް ތިމަންނަގެ އަތުގައި ނެތީ ކީއްވެތޯ އަހައި، ފޮޓޯތައް ދޭން އެދިފައިވެ އެވެ. އޭގެ ރައްދުގައި ހިނިގަނޑެއް ޖަހާފައި އަރިއަން ބުނީ ދެން ފަހަރަކުން ފޮޓޯތައް ދޭނެ ކަމަށާއި ފަހަރުގައި އެއީ އަދި އަހަރުތަކެއް ފަހުން ކަމަށް ވެދާނެ ކަމަށެވެ.
ޕޯސްޓަށް ސުހާނާ ކުރި ކޮމެންޓްގައި ދެވަނަ ފޮޓޯ އިން އޭނަ ކްރޮޕްފައިވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ބޭބެ ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް އިމޯޖީތަކަކާ އެކީ ބުންޏެވެ.
މި ފޮޓޯތަކަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15 ގެ ފަހުން އަރިއަން އިންސްޓަގްރާމްކުރި ފުރަތަމަ ފޮޓޯތަކެވެ. އޭނަ އަކީ މިދިޔަ އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެންމެ ފަހުން އެކަމާއި އާރިޔަންއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަރިއަން މިހާރު އަންނަނީ ވެބް ސީރީޒެއް ލިޔަމުންނެވެ. ކެމެރާގެ ފުރަގަހުގައި މަސައްކަތްކުރަން އަރިއަން ނިންމި އިރު، ކޮއްކޮ ސުހާނާ މިހާރު އަންނަނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ފިލްމު "ދި އާޗީސް" ގެ މަސައްކަތްކުރަމުންނެވެ.