ކީވް (24 އޮގަސްޓް) - ރަޝިއާއިން ޔޫކްރެއިންއަށް އަރައި ކުރަން ފެށި ހަނގުރާމައާއެކު ޔޫކްރެއިންއަށް އާ ދިރުމެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ޒެލެންސްކީ މިހެން ވިދާޅުވެފައިވަނީ ޔޫކްރެއިންގެ 31 ވަނަ މިނިވަން ދުވަހާ ގުޅިގެން މިއަދު ހެނދުނު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ
ޒެލެންސްކީ ވިދާޅުވީ ފެބްރުއަރީ މަހު ރަޝިއާއިން އެގައުމަށް އަރައި ފެށި ހަނގުރާމައާއެކު ޔޫކްރެއިން ގައުމެއްގެ ގޮތުގައި އިހުނަށްވުރެ ވަރުގަދަވެފައިވާ ކަމަށާއި ރަޝިއާއިން ހިފާފައިވާ ކްރިމިއާ ވެސް ވަރަށް އަވަހަށް ޔޫކްރެއިންއަށް ލިބޭނެ ކަމަށެވެ.
"ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު މި ގައުމަށް އާ ހަޔާތެއް ލިބިގެން ދިޔަ. އެއީ ނިކަމެތިވެ ފިލަން ނުދުވާ ހިތްވަރުގަދަ ގައުމެއްގެ ހަޔާތް" ޒެލެންސްކީ ވިދާޅުވި އެވެ.
ޔޫކްރެއިންއިން އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަނީ ކުރީގެ ސޮވިއެޓް ޔޫނިއަންއިން މިނިވަންވެ މިނިވަން ދައުލަތެއްގެ ގޮތުގައި އުފަންވި ދުވަހުގެ މުނާސަބަތުގަ އެވެ. ސޮވިއަޓް ޔޫނިއަންގެ އެންމެ އިސް ގައުމަކީ ރަޝިއާކަން ފާހަގަ ކޮށްލަން ޖެހެ އެވެ.
ޔޫކްރެއިން ހަނގުރާމަ ފެށުނުތާ ހަމަސް ފުރުނު ދުވަހު ދެއްވި ހިތާބުގައި ޒެލެންސްކީ ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ އާއްމު ރައްޔިތުންނަށް އަރިސްކޮށްފަ އެވެ. ހަމައެއާއެކު މިހާލަތުން އަރައިގަތުމަށްޓަކައި ގައުމެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފަށާފައިވަނާ މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. މިއަދަކީ އެކަމަށް ހަމަސް ފުރުނު ދުވަހެވެ. -- އަލް އަރބިއްޔާ
ބަރުދަން ލުއި ކުރުމަށްއުރެ އިތުރު ކުރަން ފަސޭހަ ވަނީ ކީއްވެ؟
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި