ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން އަކީ އެންމެ ފަހުގެ ސުޕަސްޓާއެއް ނޫން ކަމަށާއި ޝާހްރުކްއަށް ލިބިފައިވާ "ކިންގް" ލަގަބުވެސް އަތުލާނެ ކަމަށް އިންޑިއާގެ މަޝްހޫރު ތެލޫގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ބުނެފި އެވެ.

ވިޖޭގެ ފުރަތަމަ ބޮލީވުޑް ފިލްމު މިއަދު ސިނަމާތަކުގައި ރިލީޒްކުރާއިރު އެފިލްމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ވިޖޭގެ ފުރަތަމަ ބޮލީވުޑް ފިލްމު "ލައިގާ" ޕްރޮމޯޝަން ހަރަކާތެއްގައި ވާހަކަ ދައްކަވުން އޭނާ ބުނެފައިވަނީ ބޮލީވުޑް ފަތަހަ ކުރުމަށް އޭނާ ތައްޔާރަށް ހުރި ކަމަށެވެ. ޝާހްރުކް އަކީ ކުރީގެ ސުޕަސްޓާ ކަމަށާއި އޭނާ އަކީ އެންމެ ފަހުގެ ސުޕަސްޓާ ކަމަށްވެސް ވިޖޭ ބުންޏެވެ.

ވިޖޭއަކީ ތެލޫ ފިލްމު އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ އެކްޓަރެކެވެ. އަދި އޭނާ ވަނީ ކާމިޔާބު ތެލޫ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.

"ޝާހްރުކް ޚާން އަކީ ވަރަށް މޮޅު ތަރިއެއް. އަހަންނަށްވެސް އެހާ ހިސާބަށް އާދެވޭނެ.އެކަން ނުކުރެވޭނެ ސަބަބެއް ނެތް" ވިޖޭ ބުންޏެވެ.

ވީޖޭ އިތުރަށް ބުނެފައިވަނީ ޝާހްރުކްއަށް ލިބިފައިވާ "ކިންގް" ލަގަބުވެސް އޭނާ އަށް ލިބިގެންދާނެ ކަމަށެވެ.

ޕޫރީ ޖަގަންނާދު ޑައިރެކްޓުކޮށް، ޕޫރީ ކަނެކްޓްސްއާއި ގުޅިގެން ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ މި ފިލްމުން ވިޖޭއާއެކު ދެން ފެންނާނީ މިހާރު އަރަމުން އަންނަ ތަރި އަނަނިޔާ ޕާންޑޭ އެވެ.

"އަރުޖުން ރެޑީ" އާއި "ޑިއާ ކޮމްރޭޑް" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ވިޖޭގެ "ލައިގާ" އަކީ ބޮކްސިން އަށް ބިނާކޮށް ހަދާފައިވާ ސްޕޯޓްސް އެކްޝަން ފިލްމެކެވެ.

https://www.instagram.com/p/ChjwOPghOLX/?hl=en

"ލައިގާ" ހިންދީ ބަހުގެ އިތުރުން ތެލެގޫ، ކަންނާޑާ، ތަމަޅަ އަދި މަލަޔާޅަމް ބަހުންވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ވިޖޭއާއެކު ކަރަންގެ ދަރުމާ އިން ފިލްމެއް ގެނެސްދޭ އިރު، ހުނަރުވެރި އެކްޓަރުގެ 2019 ގެ "ޑިއާ ކޮމްރޭޑް" ގެ ރައިޓްސް ވެސް ކަރަން ވަނީ ހޯދައިފަ އެވެ. އޭގެ ހިންދީ ރިމެކެއް ދަރުމާ އިން ގެނެސްދޭނެ އެވެ.

https://www.instagram.com/p/ChjwOPghOLX/?hl=en

"ލައިގާ" ގެ ޕޯސްޓަރު ޓްވިޓާގައި ހިއްސާކޮށް ވިޖޭ ބުނެފައި ވަނީ މިއީ ބެލުންތެރިން މޮޔަކޮށްލާނެ ވަރުގެ ފިލްމެއްކަމުގެ ގެރެންޓީދޭ ކަމަށެވެ.

މީގެ ކުރިން މިފިލްމުގެ ލަވަތަކެއް ބެލުންތެރިނަށް ދޫކޮށްލާފައިވާއިރު އެލަވަތަކަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ.