ކާބުލް (25 އޮގަސްްޓް) - މިދިޔަ މަހު އެމެރިކާއިން މަރާލާފައިވާ ކަމަށް އިއުލާނުކުރި އަލް ގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީގެ ހަށިގަނޑު އަދިވެސް ނުފެންނަ ކަމަށާއި އެކަމުގެ ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށް ތާލިބާނުންގެ ތަރުޖަމާން ޒަބީހުއްލާ މުޖާހިދު ވިދާޅުވެއްޖެ އެވެ.
އެމެރިކާއިން ޒަވާހިރީ މަރާލައިފައިވާ ކަމަށް ބުނީ މިދިޔަ މަހު އޭނާ ސިއްރިއްޔާތުގައި އުޅެމުން ދިޔަ އިމާރާތުގެ ބެލްކަންޏަށް ނުކުމެ ހުއްޓާ ޑްރޯން މިސައިލެއް ފޮނުވާލައިގެންނެވެ.
އެމެރިކާގެ އޮފިޝަލަކު އިތުރަށް ބުނީ އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި އަލްގައިދާގެ ހަނގުރާމަވެރިންނަށް ހަމަލާ ދިނުން އެމެރިކާއިން ކުރިއަށް ގެންދާނެ ކަމަށާއި އަފްޣާނިސްތާނަކީ ޓެރަރިސްޓުންގެ ޖަގަހައަކަށް ވިޔަ ނުދޭނެ ކަމަށެވެ.
އެމެރިކާއިން ޒަވާހިރީއަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލާފައިވާކަން ތާލިބާނުން ޔަގީން ކޮށްދީފައިވާއިރު އެ ހަމަލާއަަށް ރައްދު ދިނުމާމެދު އެޖަމާއަތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.
ތާލިބާނުން އަފްޣާނިސްތާނުގައި ހަރުކަށި ސިޔާސަތުތައް ހިންގަމުން ދާއިރު ކުރިއަށް އޮތް ތަނުގައި ވެސް އެކަންކަމާމެދު އެމެރިކާއިން ތާލިބާނަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.
ޒަވާހިރީއަކީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 11 ވަނަ ދުވަހު އެމެރިކާއަށް ދިން ހަމަލާގައި ވަރަށް ގާތުން ބައިވެރިވި ފަރާތެކެވެ. -- ރޮއިޓާސް
ޖަރުމަނުގައި 15 މީހުން މަރާލި ޑޮކްޓަރު އުމުރުދުވަހަށް ޖަލަށް
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
ރެފްރީންގެ ނަޒާހަތްތެރިކަމާމެދު ސުވާލު ނުއުފެއްދޭނެ: ކޮލީނާ