ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 27 ވަނަ ޖަލްސާ މިއަދު ހަވީރު ބާއްވާގޮތަށް އެޖެންޑާ ކޮށްފި އެވެ.

މިޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނީ ހަވީރު 4:30 ގަ އެވެ.

ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީތަކުން ދިރާސާކޮށް ނިންމާފައިވާ ރިޕޯޓުތަކެވެ. އެގޮތުން އެޖެންޑާ ކުރެވިފައިވަނީ

  • ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް.
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ލާމަރުކަޒީ ކޮމިޓީންދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް.
  • މ. އުޖާލާގެ ބަލާފާސްކުރުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގެ ތެރޭގައި ފުލުހުންގެ ތެރެއިން ގިނަ ބަޔަކު އިޙްތިޖާޖު ކުރަމުން ދިޔަ މައްސަލަ ސަލާމަތީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް.
  • 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކޮމިޓީން ބަލައިގަތް މައްސަލަތައް، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު.
  • ރ.މީދޫ / ހުސްނުހީނާގެ، އަޙްމަދު އަނީސްއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް.
  • އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް އެދި ހުށައަޅާފައިވާ ޕެޓިޝަން. ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް.
  • މިނިސްޓަ އޮފް ހެލްތް އަބްދުﷲ އަމީން ރައްޔިތޔުންގެ މަޖިލީހަށް ދެއްވި މަޢުލޫމާތަކީ ސައްހަ މައުލޫމާތެއްނޫން ކަމަށް ،16 އޮގަސްޓް 2020ގައި އޮޑިޓަ ޖެނެރަލް ނެރުއްވި ކޮމްޕްލަޔަންސް ރިޕޯޓްގައި ފާހަގަކޮށްފައިވާތީ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް.
  • ޢާއްމު ޤަވައިދުތަކާއިބެހޭ ގާނޫނުގެ ޖަދުވަލު 1 އާއި 2 ގައިވާ ޤަވައިދުތަކަށް ޢަމަލު ކުރުމުގެމުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ ގަވައިދު ކޮމިޓީންދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް.

މަޖިލީހުގެ މިދައުރު ނިމުމުގެ ކުރިން ފުލުހުންގެ ޚިދުމަތުގެ ބިލު ވެސް ފާސްކުރާނެ ކަމަށް ބެލެވެ އެވެ. މިހާރު މި ބިލު ވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ނިންމާ އެބިލަށް އިސްލާޙު ވެސް ގެނެސްފަ އެވެ. ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރުމަށާއި ނުނިމި ހުރި މަސައްކަތްތައް ނިންމުމުގެ ގޮތުން ޑިސެމްބަރު 7 ވަނަ ދުވަހުގެ ނިޔަލަށް ދައުރުވަނީ އިތުރުކޮށްފަ އެވެ.