ހަޔާތުގެ އެންމެ ބޮޑު ނިއުމަތަކީ އަދި އުފަލަކީ އަމިއްލަ އާއިލާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

ޝިލްޕާ މިހެން ބުނެފައިވަނީ އޭނަ އާއި ފިރިމީހާ ރާޖް ކުންދުރާގެ އިތުރުން ދެ ދަރިންނާއެކު ނަގާފައިވާ ފޮޓޯއާއެކު އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެވެ.

ފިޓްނަސްއަށް ލޯބިކުރާ އުމުރުން 47 އަހަރުގެ ޝިލްޕާ ބުނީ އޭނާގެ އެންމެ އުފުލަކީ އާއިލާ ކަމަށެވެ.

ޝިލްޕާގެ ދެ ކުދިން ތިބެ އެވެ. އެއީ ވިއާން ރާޖް ކުންދުރާ، 10، އާއި ސަމީޝާ ޝެޓީ ރާޖް ކުންދުރާ، 2، އެވެ.

https://www.instagram.com/p/CiFo62gruMg/

ޝިލްޕާ އާއި ރާޖް ކައިވެނިކުރީ 2009 ގަ އެވެ. އެ މީހުންގެ އަންހެން ދަރިފުޅު ސަމީޝާ އަކީ ސަރޮގޭޓްކޮށްގެން ހޯދި ކުއްޖެކެވެ.

ފިލްމު "ބާޒީގަރް" އިން 1993 ގައި ބޮލީވުޑަށް ނުކުތް ޝިލްޕާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މި އަހަރުގެ ޖޫންގައި ރިލީޒްކުރި "ނިކައްމާ" އިންނެވެ.

ބައެއް ރިއަލިޓީ ޑާންސް ޝޯތަކުންގައި ޖަޖެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައިވާ ޝިލްޕާގެ ކުރިއަށްވެސް ބައެއް ފިލްމުތައް އެބަހުއްޓެވެ އެވެ.އެގޮތުން ފިލްމު "ސުކީ" އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އެވެ. ރޯހިތު ޝެޓީގެ ސީރީޒްގެ ޝޫޓިންގެ ތެރޭގައި އުޅެނިކޮށް މިދިޔަ މަހު ފައި ބިނދިގެން ޝިލްޕާ ހުރީ ހަ ހަފުތާގެ ބްރޭކެއްގަ އެވެ.

އޭނަގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2000 ވަނަ އަހަރުގެ "ދަޅްކަން" އެވެ.