އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވިކަން އެކަމަނާ ގެންގުޅުއްވި ގަނޑުވަރުގެ ޝާހީ ކުޅަނދުރުތަކަށް ރަސްމީކޮށް އަންގައިފި އެވެ.
އެކަން އަންގާފައިވަނީ ބަކިންހަމް ޕެލެސްގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކުޅަނދުރުތަކަށް ރާނީގެ މަރުގެ ހަބަރު އިއްވުމަށްޓަކައި ކުޅަނދުރުތައް ގެންގުޅޭ ފަރާތުން ވަނީ ވަރަށް އަޑު މަޑުކޮށް އެކަން ބުނެފަ އެވެ.
އަދި މިއާއެކު ކުޅަނދުރުތަކުގެ ވެރިއަކީ ރަސްގެފާނު ޗާލްސް ކަމާއި ޗާލްސްއަށް ކިޔަމަންވާން ޖެހޭނެކަން ވެސް އެ އެއްޗެއްސަށް ވަނީ އަންގާފަ އެވެ.
މިކަން މިގޮތަށް ކުރަނީ ކުޅަނދުރުތައް މާމުއި ހަދާ މިންވަރު މަދުވެދާނެތީ ކަމަށް ޝާހީ މަސްދަރުތަކުން ބުނެ އެވެ.
ގިނަ ބަޔަކަށް ހަޖޫ ޖަހާފަދަ ކަމަކަށް މިކަން ވީނަމަވެސް މިއީ ޒަމާނުއްސުރެ ޝާހީ ގަނޑުވަރުގައި އޮންނަ އާދަ އެކެެވެ. އެންމެ އިސްކޮށް ހުންނަ ވެރިޔާ ބަދަލު ވުމާއެކު އެކަން އަބަދުވެސް ކުޅަނދުރުތަކަށް އެންގެ އެވެ.
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމު ރަސެލް ކްރޯއާ އެކުގައި!
ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުން އަދިވެސް ނުފެނޭ
ދުނިޔޭގެ އެންމެ އަގުބޮޑު ބީޗްތަކުގެ ތެރޭގައި އދ. ދިގުރަށް