ކާބުލް (23 ސެޕްޓެމްބަރު) އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބާރުގަ ގޮވުމެއް ގޮވައިފި ކަަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީއިން ބުނެފި އެވެ.
އެ މިނިސްޓްރީގެ ތަރުޖަމާން ބިސްމިﷲ ހަބީބް ވިދާޅުވީ މިއަދުގެ ހުކުރު ވަގުތު ގޮވި މި ބާރުގަދަ ގޮވުމަކީ ކީއްވެގެން އަދި ކިހިނެއް ގޮވި ގޮވުމެއްކަން އަދި ޔަގީން ނުވާ ކަމަށެވެ.
މީގެ ކުރިން ވެސް ކާބުލްގައި ހުކުރު ވަގުތާ ދިމާކޮށް މިސްކިތްތައް ކައިރީގައި ގިނަ ގޮވުންތަކެއް ގޮއްވާފައިވެ އެވެ. މީގެ ތެރެއިން ބައެއް ގޮވުންތަކުގެ ޒިންމާ އައިސިސްއިން ނަގާފައި ވެސްވެ އެވެ.
ރޮއިޓާސްއާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި މި ގޮވުން ގޮވާފައި ވަނީ ކާބުލްގެ ގްރީން ޒޯންގައި ހުރި މިސްކިތެއް ކައިރީގަ އެވެ. މި ސަރަހައްދަކީ ގިނަ ގައުމުތަކެއްގެ އެމްބަސީތަކުގެ އިތުރުން ނޭޓޯގެ އިދާރާ ވެސް ހުންނަ ސަރަހައްދެކެވެ.
މި ގޮވުމުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވާއިރު އިތުރަށް ބަލަން ޖެހޭ ކަންކަަން ބަލަމުން އަންނަ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.
އުމްރާއަށް ފަހު ރާއްޖެ އައި ދިވެއްސަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް
ޑައިރެކްޓަރު ވިކްރަމްއަށް މަކަރާއި ހީލަތުގެ ދައުވާއެއް!