ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް ސައިން ލެންގުއޭޖްސް" އާ ގުޅުވައިގެން ބީއެމްއެލް އިން ހާއްސަ ހަރަކާތްތައް ހިންގައިފި އެވެ
މި ގޮތުން މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް އަށް ވަނީ ސައިން ލެންޖުއޭޖް ޑިންޝަނަރީ އެއް އުފެއްދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން ސެޝަންއެއްވެސް މިއަދު ވަނީ މުވައްޒަފުންނަށް ބާއްވާފަ އެވެ.
ބީއެމްއެލް އިން 2020 ވަނަ އަހަރުވެސް ވަނީ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ޓްރެއިނިންގ ސެޝަން އެއް ބާއްވާފަ އެވެ.
ތިމާވެށީގެ މިނިސްޓަރުގެ ކުރީގެ ޕޯސްޓުތަކަކާ ގުޅިގެން ފާޑުކިޔަނީ
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި