ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލް އެކުލަވާލައި މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބިލު އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި އެ ނޫން ވެސް ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ފެށުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށް އޭޖީ ބުންޏެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރަން ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ދެ ފަހަރެއްގެ މަތިން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފައެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ވަނީ އެ އިސްލާހު ބޭރުކޮށްލައިފައެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
ރޯނިތުއަށް ހޮލީވުޑްގެ ފުރުސަތު ގެއްލުނީ ކަރަންގެ ސަބަބުން؟
