ބައެއް ފަހަރު ތިމާގެ ހަށިގަނޑަށް ނުވަތަ ސިއްހަތަށް އަންނަ ބަދަލަކަށް މާބޮޑަށް އަޅާނުލާ ދޫކޮށްލެވޭ ގޮތްވެ އެވެ. އެއީ ބައްޔެއްގެ އަލާމާތެއް ކަމަށްވީ ނަމަވެސް އެކަން ނަގައި ނުގަނެވޭ ގޮތްވެ އެވެ. އެއީ ކުޑަ ކަމަށްކަށް ވާތީ އަޅާނުލައި ދޫކޮށްލެވެ އެވެ. އެގޮތުން މިއީ ވެސް ގިނަ ބަޔަކަށް ދިމާވާ އެހެން ނަމަވެސް ސީރިއަސްކޮށް ނުނަގާ ދޫކޮށްލެވޭ ކަމެކެވެ.

ތިމާގެ ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހުރެފައި އަތާއި ފައި މާ ބޮޑަށް ފިނިވެފައި ހުރޭ ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ އެއީ ކޮންމެވެސް ބައްޔެއްގެ އަލާމާތަކަށް ވެދާނެ އެވެ. އޭގެތެރޭގައި އެނީމިއާ، ޑައިބެޓީސް، ތައިރޮއިޑް އަދި ނާރުގެ މައްސަލަތައް ހިމެނެ އެވެ.

މީގެ އިތުރުން ހަމުގެ މައްސަލަތަކާއި، ލޭ ދައުރުވުން، ނުވަތަ އަތާއި ފައިގެ ޓިޝޫތައް ހަލާކުވުމަކީ ވެސް އަތާއި ފައި ފިނިވާނަމަ ދިމާވެދާނެ ބަލިތަކެވެ.

ޑޮކްޓަރަށް ދެއްކުމަށް ފަހު ބޭސް ބޭނުން ކުރުމުގެ އިތުުރުން މިކަމުން ދުރުވުމަށް އަމިއްލައަށް ވެސް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. މިސާލަކަށް އިސްޓާކީން ނުވަތަ ހަށިގަނޑުގެ ހޫނުކަން ދަމަހައްޓައިދޭ ފަދަ ހެދުން ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ފައިވާނުގެ ބަދަލުގައި ބޫޓަށް ވެސް އެރިދާނެ އެވެ. އެކަމުން ހަށިގަނޑަށް ފިނި ވަންނަ ވަރު މަދުކޮށްދޭނެ އެވެ.