ދުވާލަކު ދެތިން މިނިޓަކު ބަރު އުފުލައިގެން ނުވަތަ ދުވެލުމުން ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމަށް ފަހުގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ޔުނިވާސިޓީ އޮފް އެކްސްޓާސްގެ، އިސް ލިޔުންތެރިޔާ ވިކްޓޯރިޔާ ސްޓައިލްސް ކުރި ދިރާސާއަކުން ހާމަވާގޮތުގައި އަންހެނުންގެ ތެރެއިން 60-120 ސިކުންތަށް ކޮންމެ ދުވަހަކު ދުވާ މީހެއްގެ ކަށީގެ ދުޅަހެޔޮކަން ހަތަރު ޕަސެންޓް އިތުރެވެ އެވެ. އަދި މިނިޓަކަށް ވުރެ މަދުން ދުވާ މީހަކާއި އަޅާ ބަލާއިރު ހަ ޕަސެންޓް ކަށީގެ ދުޅަހެޔޮކަން އިތުރެވެ.

ސްޓައިލްސް ބުނާގޮތުގައި މިއީ 2500 އަށް ވުރެ ގިނަ އަންހެނުން ބޭނުން ކޮށްގެން ކުރި ދިރާސާ އެކެވެ. މަދު އިރުކޮޅަކު ދުވުމަކީ ރަނގަޅު ކަމެއް ކަމަށް އަދި ގިނަ ބަޔަކަށް ނޭނގޭ ކަމަށް އޭނާ ބުނެ އެވެ. އެހެން ނަމަވެސް ހަފްތާއަކު ދެ ދުވަހު ގިނައިރު ކަސްރަތުކޮށްފައި ބާކީ ހުރި ދުވަސްތަކުގައި ކަސްރަތު ނުކުރާ މީހަކާއި ކޮންމެ ދުވަހަކު ދެ މިނިޓް ބަރު އުފުލައިގެން ދުވާ މީހަކާއި ހަމަހަމަ ކަމަށް ވެސް އޭނާގެ ދިރާސާއިން ދައްކަ އެވެ.

އޭގެ އިތުުރުން އިންޓަނޭޝަނަލް ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައި ވެސް ބުނެފައިވާ ގޮތުގައި ބަރު ބޭނުންކޮށްގެ ކަސްރަތު ކުރާ އަންހެނުންގެ ކަށީގެ ދުޅަހެޔޮކަން އިތުރުވެ އެވެ.

ކަށީގެ ދުޅަހެޔޮކަން އިތުރުވުމުގެ ސަބަބުން މުސްކުޅިވުމުން ކަށިތައް ފީވެ ހަލާކުވުމުން ދުރުކޮށްދޭ ކަމަށް ސްޓައިލްސް ބުނެފައިވެ އެވެ.