ޑެންގީ ހުން ޖެހިގެން ރ. އުނގޫފާރު ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ޒުވާނަކު ނިޔާވެއްޖެ އެވެ.
އުނގޫފާރު ކައުންސިލް މެންބަރަކު ވިދާޅުވީ ނިޔާވެފައިވަނީ ރ. ދުވާފަރު، އަތޫފް އަހްމަދު، 21 ކަމަށެވެ. އަތޫފް ނިޔާވީ އަލަތު ކައިވެންޏަށް ދަރިއަކު ލިބުނުތާ ދެ މަސް ފަހުން ކަމަށް ދުވާފަރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޑެންގީއަށް ފަރުވާކުރުމަށް އުނގޫފާރަށް އަތޫފު ގެންދިޔައީ ރޭގެވަގުތެއްގަ އެވެ.
ފަހަކަށް އައިސް ޑެންގީ ހުން ޖެހިގެން ރާއްޖޭގައި މީހުން އަންނަނީ މަރުވަމުންނެވެ. އެގޮތުން މީގެ ހަފްތާއެއް ކުރިން މާލޭގައި 19 އަހަރުގެ ޒުވާނަކު ވެސް ވަނީ މި ބައްޔަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފަ އެވެ.
މީގެއިތުރުން މި ބަލީގައި ކުޑަކުއްޖަކު ވެސް ވަނީ ނިޔާވެފަ އެވެ.
އިމްރާން ޚާން އަވަހާރަކޮށްލި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
ސެލީނާ އޭނާގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ދައުވާ ކޮށްފި
މޫޑީސްއިން ރާއްޖޭގެ ރޭޓިން "ސްޓޭބަލް"އަށް ބަދަލުކޮށްފި
