ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ސ. ހިތަދޫ، ފިނިފަރު، އަބްދުﷲ އިބްރާހިމް (އަބުޗާ) ގެ ނެޓްވޯކްގައި ހިމެނޭ ހަތް މީހެއްގެ މައްޗަށް 10 ދައުވާ އުފުލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ އެ އޮޕަރޭޝަންގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ޕާކިސްތާނު ޑްރަގު ނެޓްވޯކަކާ ގުޅިގެން އަބުޗާ އިސްވެ ހުރެ ކަނޑުމަގުން އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލާގައި ދައުވާ ކުރި މީހުންގެ ތެރޭގައި އޭނަ ވެސް ހިމެނެ އެވެ.

ހައްޔަރުކުރި މީހުންނަށް އުފުލި ދައުވާތައް:

1. ‎އަބްދުﷲ އިބްރާހީމް (އަބުޗާ) ސ. ހިތަދޫ/ފިނިފަރު

- ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ.

- މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 2 ދައުވާ

2. ‎މުހައްމަދު ޔާމިން ނަސީރު ސ. ހިތަދޫ/ކޯޅި:

- މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 2 ދައުވާ

3. ‎އަބްދުﷲ ސައީދު ސ. ހިތަދޫ/ވައިޓްރޯސް:

- ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ.

4. ‎ހުސައިން ސިމާހު ސ. ހިތަދޫ/މަންދޫބުގެ:

- ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ.

5. ‎ހަސަން އާމިރު ސ. ހިތަދޫ/ފިނިފަރު:

- ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ.

6. ‎ރުޝާން އަހްމަދުދީދީ ސ. ހިތަދޫ/މަންދޫބުގެ:

- މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އެހީވެދިނުމުގެ ދައުވާ.

7. ‎ހޫދު ލަތީފް ސ. ހިތަދޫ/ބްލޫބާޑް:

- މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އެހީވެދިނުމުގެ ދައުވާ.

އެ މައްސަލަ ހުށަހަޅާފައި ވަނީ ހިތަދޫ ކޯޓަށް ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވި އެވެ.