އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ދޮރުން ދޮރަށް ކެމްޕެއިން ކުރާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެ އެވެ.
މުއިއްޒަކީ އިދިކޮޅު ކޯލިޝަންގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ ކެންޑިޑޭޓެވެ.
މުއިއްޒު އެއްސެވީ ކައުންސިލް އިންތިހާބުގައި މިހާރު ދޮރުން ދޮރަށް ފަދަ ކެމްޕޭނުތައް ކުރުން ހުއްދަ ކުރީ ހެއްޔެވެ؟ އޭނާ އަކީ ވެސް ކެންޑިޑޭޓަކަށްވާއިރު އޭނާ ހުންނެވީ އެއީ އަދި މިވަގުތަށް މަނާކަމެއް ކަމަށް ދެކެ ވަޑައިގެން ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ކެމްޕެއިން ކުރަމުންދާ އިރު ހަމަހަމަ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މާލޭގައި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ކެމްޕޭނު ފަށައި ދޮރުން ދޮރަށް ކެމްޕެއިނު ކުރަމުން ދެ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ޕާޓީތަކުގެ ކެމްޕެއިންތައް އޮތީ ހުއްޓާާލާފަ އެވެ.
މިހާރު އިއުލާންކޮށްފައިވާ ގޮތުން ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ހަވަނަ ދުވަހު އެވެ.
މަހާޖައްރާފުތައް ސާވިސްކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ހަދަނީ
އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް މޭޔަރު ސައުދާ ސުވާލުކޮށްފި
މަޝްރޫއުތައް ހުއްޓުނު ސަބަބު ސާފެއް ނުކޮށްދިން
