މި ހަފްތާގެ ހުކުރު މަލާފަތުގައި މި ގެނެސްދެނީ މިހާރަކަށް އައިސް ރެސްޓޯރެންޓްތަކުގައި ވެސް އެންމެ ގިނައިން އޯޑަރު ކުރެވޭ އެއް ކެއުމެކެވެ. މި ކެއުން ތިބޭފުޅުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

  • 1 ޕެކެޓް ސްޕެގެޓީ
  • 6 ލޮނުމެދު (ތުނިކޮށް ކޮށާފައި)
  • 1/2 ޖޯޑު އޮލިވް އޮއިލް
  • 1/2 ސައިސަމުސާ ރަތް ހިކިމިރުސް (މުގުރާފައި)
  • ލޮނު (ރަހަލާވަރަށް)
  • އަސޭމިރުސް (ރަހަލާވަރަށް)
  • 1/2 ޖޯޑު ޕާރްސްލޭ (ކުދިކޮށް ކޮށާފައި)
  • 1 ޖޯޑު ޗީޒް

ތައްޔާރު ކުރާނެ ގޮތް

  1. ތެއްޔަކަށް ފެނާއި ލޮނު އަޅާފައި ކައްކާލުމަށްފަހު ސްޕެގެޓީ އަޅާށެވެ. ރަނގަޅަށް މަޑުވުމުން ފުރާނާލާށެވެ. މިކަމަށް ހޭދަވާނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓެވެ.
  2. އެހެން ތެއްޔެއްގައި ލޮނުމެދާއި އޮލިވް އޮއިލް އެއްކޮށް ހޫނުކޮށްލާށެވެ. އަދި ލޮނުމެދުތައް މަޑު މުށިކުލަ އަރަންދެން ހޫނުކޮށްލާށެވެ.
  3. އެއަށްފަހު ރަތް ހިކިމިރުހާއި އަސޭމިރުސް އަދި ލޮނު ސްޕެގެޓީތެރެއަށް އަޅައި އެއްކޮށްލާށެވެ.
  4. ދެން ލޮނުމެދުކޮޅާއި ޕާރްސްލޭ އަދި ޗީޒް އަޅާ އެއްކޮށްލުމުން ސްޕެގެޓީ ތައްޔާރުވީ އެވެ.